މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން --ފޮޓޯ/ ސަން
މޯލްޑިވް ގޭހުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން --ފޮޓޯ/ ސަން
ހަބަރު 25 Apr 2024 | 10:48

އަބްދުالله މައުމޫނަށް ރިޝްވަތުގެ ހަތް ދައުވާއެއް ކޮށް، ރާއްޖެ ގެންނަން އިންޓަޕޯލްގައި އެދެނީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖީންގ ޑިރެކްޓަރގެ މަގާމުގައި ހުރި ޢަބްދުالله މައުމޫންއަށްގެ މައްޗަށް ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ، މައުމޫން އާއި އޭނާގެ ޢާއިލީ ބައެއް ފަރާތްތަކަށް އަދި އޭނާއާ ގުޅުން އޮންނަކަމަށް ތުޙުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ރިޝަވަތު ހިފުމުގެ ހަތް ދަޢުވާތައް ކުރުމަށް 18 އެޕްރީލް 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ ހުށަހެޅުނު ކޮންމެ ދަޢުވާއެއްގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ޕީޖީން ބުނެފައިވާއިރު، އެ ދައުވާތައް ސާބިތު ވެއްޖެ ނަމަ 22 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރިޝްވަތު ހިފުމުގެ ފުރަތަމަ ދަޢުވާ ކުރާ ސަބަބު

މި ދައުވާ ކޮށްފައިވަނީ، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި މައުމޫން ހުރެ، އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުން 4 އޭޕްރީލް 2016 ވަނަ ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$29،941.50 (ނަވާވީސް ހާސް ނުވަސަތޭކަ ސާޅީސް އެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ރިޝްވަތު ހިފުމުގެ ދަޢުވާ 2 ކުރާ ސަބަބު:

ޕީޖީން ބުނެފައިވާގޮތުން ދެވަނަ ދައުވާ ކުރީ މައުމޫން، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް 2016 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ހަވާލުކުރުމަށްފަހު، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުން 07 ޖޫން 2016 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް US$686،950 (ހަ ލައްކަ އަށްޑިހަ ހަ ހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ޖަމާކުރުމަށް މަސައްކަތް ކޮށްފައިވާތީ އާއި، 14 ޖޫން 2016 ދުވަހު މައުމޫންގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަށް US$49،921.50 (ސާޅީސް ނުވަހާސް ނުވަސަތޭކަ އެކާވީސް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) އާއި 26 ޖޫން 2016 ދުވަހު މައުމޫންއާ ގުޅުން ހުންނަ ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$12،201.50 (ބާރަ ހާސް ދުއިސައްތަ އެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީއެވެ.

ރިޝްވަތު ހިފުމުގެ ދަޢުވާ 3 ކުރާ ސަބަބު

ތިންވަނަ ދައުވާ ކުރީ މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުން 01 އޮގަސްޓް 2016 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށްވާ US$633،050 (ހަލައްކަ ތިރީސް ތިން ހާސް ފަންސާސް އެމެރިކާ ޑޮލަރު) ޖަމާކުރުމަށް މަސައްކަތްކޮށްފައިވާތީ އާއި، 4 އޮގަސްޓު 2016 ދުވަހު މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$49،949.50 (ސާޅީސް ނުވަ ހާސް ނުވަސަތޭކަ ސާޅީސް ނުވަ އެމެރިކާ ޑޮލަރު ފަންސާސް ސެންޓު) ޖަމާކޮށްފައިވާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.

ރިޝްވަތު ހިފުމުގެ ދަޢުވާ 4 ކުރާ ސަބަބު:

މި ދައުވާ ކުރި ސަބަބު ކަމުގައި ޕީޖީން ބުނީ، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުން 30 މާރިޗު 2017 ދުވަހު ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް US$698،000 (ހަ ލައްކަ ނުވަދިހަ އަށް ހާސް އެމެރިކާ ޑޮލަރު) ޖަމާކޮށްފައިވާއިރު، 09 އޭޕްރީލް 2017 ދުވަހު މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ އައި ޑިވެލޮޕަރޒް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$24،930 (ސައުވީސް ހާސް ނުވަ ސަތޭކަ ތިރީސް ޑޮލަރު) ޖަމާކޮށްފައިވާތީ ކަމަށެވެ.

ރިޝްވަތު ހިފުމުގެ ދަޢުވާ 5 ކުރާ ސަބަބު:

މި ދައުވާ ކުރަނީ މޯލްޑިވްސް ގޭސްގެ އެކައުންޓުން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް 15 މޭ 2017 ދުވަހު US$640،000 (ހަ ލައްކަ ސާޅީސް ހާސް ޑޮލަރު) ގެ ޕޭމަންޓެއް ޖަމާކޮށްފައިވާއިރު، 31 މޭ 2017 ދުވަހު މައުމޫންގެ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$46،555 (ސާޅީސް ހަ ހާސް ފަސްސަތޭކަ ފަންސާސް ފަސް ޑޮލަރުު) ޖަމާކުރަން މަސައްކަތް ކޮށްފައިވާތީއެވެ.

ރިޝްވަތު ހިފުމުގެ ދަޢުވާ 6 ކުރާ ސަބަބު

މި ދައުވާ ކުރަނީ 19 ޖޫން 2017 ދުވަހު މޯލްޑިވްސް ގޭސްގެ އެކައުންޓުން ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށްވާ US$580،096 (ފަސްލައްކަ އަށްޑިހަ ހާސް ނުވަދިހަ ހަ ޑޮލަރު) އާއި 25 ޖުލައި 2017 ދުވަހު ފޮނުވާފައިވާ US$649،00 (ހަ ލައްކަ ސާޅީސް ނުވަ ހާސް ޑޮލަރު) ޖަމާކޮށްފައިވާއިރު، 23 އޮގަސްޓު 2017 ދުވަހު މައުމޫންއާ ގުޅުން ހުރި ކުންފުންޏެއްް ކަމަށްވާ މޮން އާރކް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$49،955 (ސާޅީސް ނުވަ ހާސް ނުވަ ސަތޭކަ ފަންސާސް ފަސް ޑޮލަރު) ޖަމާކުރަން މަސައްކަތް ކޮށްފައިވާތީ ކަމަށް ޕީޖީން ބުނެއެވެ.

ރިޝްވަތު ހިފުމުގެ ދަޢުވާ 7 ކުރާ ސަބަބު

މި ދައުވާ ކުރާ ސަބަބު ކަމަށް ޕީޖީން ބުނީ، މޯލްޑިވްސް ގޭސް ގެ  އެކައުންޓުން، 19 ސެޕްޓެންބަރު 2017 ދުވަހު ތްރީ.ޑީ.އެޗްގެ ނަންބަރު އެކައުންޓަށް ލިކުއިޑް ޕެޓްރޯލިއަމް ޝިޕްމަންޓަކަށް ފޮނުވާފައިވާ US$765،000 (ހަތް ލައްކަ ފަސްދޮޅަސް ފަސް ހާސް ޑޮލަރު) ޖަމާކޮށްފައިވާއިރު، 08 އޮކްޓޫބަރު 2017 ދުވަހު މައުމޫންގެ އެއްބަފާބޭބެ ކ.މާލެ، ހ.ހެންވޭރުފެހި އަޙްމަދު ޙަމީދުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓަށް، ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން US$34،950 (ތިރީސް ހަތަރުހާސް ނުވަ ސަތޭކަ ފަންސާސް ޑޮލަރު) ޖަމާކޮށްފައިވާތީ ކަމަށެވެ.

ޕީޖީން ބުނީ، މި މުޢާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މަޢުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެލާ ކަމަށެވެ.

މަޢުމޫންއަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއްކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން މަޢުލޫމާތުދީފައިވާތީ ދަޢުވާލިބޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މައްސަލައިގެ އަޑުއެހުމެއް އެންމެ އަވަސް ތާރީޚަކަށް ތާވަލުކޮށްދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީން ބުނެއެވެ.

އަދި ދަޢުވާލިބޭ މީހާ ޝަރީޢަތަށް ހާޒިރުވުމަށް އިންކާރުކުރާ ހާލަތުގައި، އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ނެރެދެއްވުމަށްވެސް ކޯޓުގައި އެދިފައިވާނެނކަމަށާ އެފަދަ އަމުރެއް ނެރެދޭ ހާލަތުގައި އިންޓަރޕޯލް މެދުވެރިކޮށް، ދަޢުވާލިބޭ މީހާ ދިވެހިރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހި ފުލުހުންގެ ޚިދުމަތަށް ފަހިވާނެ ކަމަށް ޕީޖީން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...