ޑރ.ޝަހީމް ތުލުސްދޫ ދާއިރާއަށް ސިއްދީގް އެންޑޯޒްކުރައްވައިފި
މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރާ ފަރާތްތަކުގެ ތެރެއިން، ޕްރޮގްރެސިވް ކޯލިޝަންގެ އަހުމަދު ސިއްދީގަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ތާއިދުކުރައްވައިފިއެވެ.
ޑރ.ޝަހީމް މިކަން ހާމަކުރެއްވީ ފޭސްބުކް ޕޯސްޓެއް މެދުވެރިކުރައްވައެވެ.
އެބޭފުޅާ ވިދާޅުވީ ސިއްދީގަކީ މަޖިލިސް މެންބަރކަމަށް ވަރަށް އެކަށީގެންވާ އަދި އެފަދަ މަސްއޫލިއްޔަތެއް އުފުލުމަށް ތައުލީމާއި ތަޖުރިބާހުރި ފަރާތެއް ކަމަށެވެ.
ޑރ.ޝަހީމްގެ ފޭސްބުކް ޕޯސްޓް ނިންމަވާލައްވަމުން ވަނީ ސިއްދީގަށް ކާމިޔާބަށް އެދި، ޑރ.ޝަހީމްގެ ހެޔޮދުއާ އަބަދުމެ އެކުގައި ވާނެކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް