އެމްޓީސީސީގެ ބޯޑަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރަކު އައްޔަނުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރަކު އައްޔަނުކޮށްފިއެވެ.
އެމްޓީސީސީގެ ބޯޑަށް އައު ޑިރެކްޓަރަކު އައްޔަނުކުރިކަން ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރިފަރާތް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ ޔަގީންކޮށްދީފައެވެ. ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް، ހުޅުމާލެ، ހިޔާ, 8-01-04 ޔާސީން ޙުސައިން މިއަދު އައްޔަނުކޮށްފައިވާކަަމަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ޕީސީބީއަކުން ނުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް