މުރައިދޫގޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަލީ އަޝްފާގް ހަމަޖައްސައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެކޮޅުކަމަށްވާ މުރައިދޫގޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަލީ އަޝްފާގް (ދަގަނޑޭ) ހަމަޖައްސައިފި އެވެ.
މިކަމާއި ގުޅޭގޮތުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިއާއު ވިދާޅުވީ، ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އަޝްފާގު އައްޔަން ކުރީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ކަމަށެވެ.
"ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އަޝްފާގު އައްޔަން ކުރީ އެންޑް އޮފް ޖުލައި ގައި."
ޒިޔާއު ވިދާޅުވިއެވެ.
މަޖިލިހުގެ ރައީސަށް ދައުލަތުން ހާއްސަކޮށްފައިވާ ގެކޮޅު މުރައިދޫގެއަށް، މަޖިލިހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުالله ބަދަލުވެވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ދިރިއުޅުއްވާ މުރައިދޫގޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަޝްފާގް ހަމަޖައްސާފައިވާއިރު، އެ ގެކޮޅުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެއްވީ ޖުލައި 28 ވަނަ ދުވަހުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް