ހުޅުމާލޭގައި ގަސް އިންދުމުގެ ހަރަކާތެއް މާދަމާ ބާއްވަނީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގަސް އިންދުމުގެ ހަރަކާތެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
ކްލީން މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން "ގޯ ގްރީން" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ 15:30 އިން 5:30 އަށް ހުޅުމާލެ ފޭސް ދޭއްގެ ބީޗު ސަރަހައްދުގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މި އިވެންޓް ޝަރަފުވެރި ކޮށްދެއްވުމަށް ނިންމާފައެވެ.
މި އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.
ކްލީން މޯލްޑިވްސްއިން މައުލޫމާތު ދޭގޮތުގައި މާދަމާގެ އިވެންޓްގައި 2000އަށްވުރެ ގިނަ ގަސް އިންދުމަށް ވަނީ ހަމަޖެހިފައެވެ.
މި އިވެންޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 3:30ގެ ކުރިން ހުޅުމާލޭ ޕްލެޓިނަމް ރެޒިޑެންސް ކައިރީގައިވާ ބްރެޑް މެޓާސް ސަރަހައްދަށް އައުމަށް އެދެއެވެ. އެއީ އިވެންޓް ހިނގާ ސަރަހައްދަށް ބަސް ދަތުރެއް އޮންނާނެތީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް