ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް މަގާމުން ސަސްޕެންޑްކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް މަގާމުން ސަސްޕެންޑްކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ، ބަލަމުންދާ މައްސަލައަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް އާއި އެންވަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ސަލީމް މަގާމުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
މީގެ ތެރެއިން ޝަމްނާޒް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާ ގުޅިގެން ހައްޔަރުކޮށްފައިވާއިރު، އޭނާ އާއި އެކު ހައްޔަރު ކުރި އިތުރު 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 7 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ދައުލަތުގެ އިސްވެރިއަކަށް ސިހުރު ހެދިކަމަށެވެ.
ޝަމްނާޒް ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނު ކުރެވުނު ރަމީޒް އާއި ދެބޭފުޅުން ކައިވެނިކޮށްގެން ހުންނެވި ނަމަވެސް، ދެކަނބަލުންގެ ކައިވެނި ވަނީ މިދިޔަ ޖޫން މަހު ރޫޅިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް