ފެހިމާގޭގައި ހުރި ކެމިކަލް ގުދަން ހުސްކޮށްފި
މީގެ މަސްތަކެއްގެ ކުރިން އަލިފާންހިފާ ޒާތުގެ ކެމިކަލްތަކެއް ހުރިކަމަށް ރިޕޯޓްކުރި ގ.ފެހިމާގޭގައި ހުރި ގުދަން ހުސްކޮށްފިއެވެ.
ރިލްވާން ލަތީފް ނަމަކަށް ކިޔާ ފަރާތަކުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21ވަނަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގ. ފެހިމާގޭގައި، ފައިބަގްލާސްގެ މަސައްކަތަށް ބޭނުންވާ ކެމިކަލް އެބަހުރިކަމަށާއި ހާާދިސާއެއް ހިނގަން މަޑުކުރާނީތޯ ނުވަތަ ފިޔަވަޅެއް އަޅާނީތޯ ސުވާލު އުފައްދާފައެވެ.
ރިލްވާންގެ މި ޓްވީޓްގައި ވަނީ މާލޭ ސިޓީގެ މޭޔަރ ޝިފާ، ޑިފެންސް މިނިސްޓަރ މާރިޔާ އަދި އެމްއެންޑީއެފް ޓެގްކޮށްފައެވެ.
ރޭ ހެންވޭރު ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު މި ގުދަނާއި އެތަނުގައި ހުރި ތަކެތި ބަދަލުކުރުމަށް ގިނަ ފަރާތްތަކުން ވަނީ ގޮވާލާފައެވެ. މިއާއި އެކު އެންެމެފަހުން އެތަނުގައި ހުރި ކެމިކަލްތައް އެހެން ސަރަހައްދަކަށް ވަނީ ބަދަލުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް