ޖުމްހޫރީ 50ގެ ޝަރަފުގެ ހިނގާލުން މާދަމާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވިތާ 50 އަހަރު ފުރޭ ރަންޔޫބިލް މުނާސަބަތުގައި ބާއްވާ ޚާއްސަ ހިނގާލުމެއް މާދަމާ ހަވީރު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނީ ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހަވީރު ހަތަރަކުން ފެށިގެން ކަމަށެވެ. ހިނގާލުން ކުރިޔަށްދާނީ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށިން ފެށިގެން، ބޮޑުތަކުރުފާނު މަގުން އިރަށްގޮސް ބޮޑުތަކުރުފާނު މަގުން ކަޅުތުއްކަލާކޮށްޓަށެވެ. ހިނގާލުން ކުރިއަށްދާ ހިނދު، ބައިވެރިން ވަނީ ތިން ސަރަހައްދެއްގައި ހުއްޓުމަށް ހަމަޖެހިފައެވެ.
އެއީ ކާނިވާ ކުރިމަތީ ހުންނަ ޕެޓްރޯލް ޝެޑް ކައިރީގަޔާއި، ދަރުބާރުގެ ކައިރި އަދި ވިލާ ކޮލެޖް ކައިރީގައެވެ.
މި ހިނގާލުމުގައި އެމްއެންޑީއެފްގެ އެކި ވިންގް ތަކުގެ ސިފައިން ބައިވެެރިވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް