މައްސަލަ ނިމެންދެން އަދީބު ބަންދުގައި ބަހައްޓައިދޭން އެދިއްޖެ
ޅ.މާބިންހުރާ ކުއްޔަށް ދިން ފައިސާއަށް ޚިޔާނާތްތެރިވި މައްސަަލައިގެ ދައުވާ އުުފުލިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓައިދޭން ދައުލަތުން އެދިއްޖެއެވެ.
ދައުލަތުން މިހެން އެދުނީ އެ މައްސަލައާއި ގުޅިގެން މިއަދު ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފުގެ އަޑުއެހުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން މިފަދައިން އެދުމުން އަދީބު ވިދާޅުވީ، މި މައްސަލައާއިގެން ކުރިއަށް ދިއުމަށް ބޭނުންވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއި އެކުގައިކަމަށެވެ. އެެހެންކަމުން ޝަރީއަތުން ވަނީ ގާނޫނީ ވަކީލެއް ކަނޑައެޅުމަށް އަދީބަށް ހަތް ދުވަހުގެ މުހުލަތެއް ދީފައެވެ.
އެހެންކަމުން މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ ބަންދާއި މެދު ގޮތެއް ނުނިންމިއެވެ.
މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ، އެ މައްސަލަ ބަލާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ކުރި ހުކުމާއި ހަވާލާދީ ކްރިމިނަލް ކޯޓުން ބުނުމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް