އައިޖީއެމްއެޗްގެ ނަރުހަކާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ތަހުގީގުކުރަނީ
އައިޖީއެމްއެޗަށް ނިސްބަތްވާ ނަރުހަކާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
އައިޖީއެމްއެޗުން ފުލުހަށް ހުށަހެޅި، މި މައްސަލައާއި ގުޅޭގޮތުން ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، މިއީ މީގެ ދެ ހަފްތާ ކުރިން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަނީ ނަރުހަކު މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައި ކަމަށްވީނަމަވެސް، މިހާތަނަށް މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ކުރިމަތިވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް