އެޗްޕީއޭ އަދި އެމްއެފްޑީއޭއަށް އިސްވެރިން ހަމަޖައްސައިފި
ހެލްތް މިނިސްްޓްރީގެ ދަށުން ހިންގަމުންދާ ދެ އިދާރާކަމުގައިވާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ދެ އިސްވެރިން ހަމަޖައްސައިފިއެވެ.
އެ ފަރާތްތައް އެމަގާމުތަކަށް ހަމަޖެއްސުމަށްފަހު މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ހެލްްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ.
އިއްޔެ ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އިސްވެރިއަކަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ވެރިއަކަށް ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހެއިރު ހަމަޖައްސާފައެވެ
އެމްއެފްޑީއޭގެ މަސްއޫލިއްޔަތުގެ ތެރޭގައި، ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަނަށް ހުއްދަ ދިނުމާއި އެ ތަންތަން މޮނީޓާ ކޮށް، ރާއްޖެ ގެންނަ ބޭހުގެ ފެންވަރު ބެލެހެއްޓުން ހިމެނެއެވެ.
އެޗްޕީއޭގެ ޒިންމާތަކުގެ ތެރޭގައި ބަލިތައް ކޮންޓްރޯލްކުރުމާއި އާންމުންގެ މެދުގައި ބަލިތަކާއި މެދު ހޭލުންތެރިކަން އާލާކުރުން ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް