އެމްޑީޕީއަކީ އަޅުގަނޑު ދެކެ ވަރަށް ލޯބިވާ ޕާޓީއެއް: ރައީސް ޔާމީން
އެމްޑީޕީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކެ ވަރަށް ލޯބިވާ ޕާޓީއެއްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމްއަށް އަލަށް ގުޅިވަޑައިގެންނެވި މެންބަރުންގެ ފޯމްތައް ހަވާލުކުރުމަށް އެޕާޓީގެ އޮފީހުގައި ރޭ އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން އެމަނިކުފާނު ދެކެ ލޯބިވަނީ ސަލާމަތް ބުއްދީގައި ހުރެގެން އެމްޑީީޕީގެ ސަފަށް ވަޑައި ނުގަންނަވާނެކަން އެފަރާތްތަކަށް އެނގޭތީކަމަށެވެ. އަދި އެހެން ސިޔާސީ ލީޑަރުން އެމްޑީޕީއާއި އެކު ތިއްބެވީ ނިގޫ ފިތިފައި ތިއްބެވުމުންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ނޫންކަން އެންމެ ފަހުން ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިޚާބުންވެސް ސާބިތުވެފައިވާކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ މެންބަރުން އެހެން ޕާޓީތަކަށް ބަދަލުކުރަމުންދާކަމަށްވެސް އެމަނިކުފާނު ވަނީ ތުހުމަތުކުރައްވާފައެވެ.
"އަޅުގަނޑުމެން ޕާޓިން އެއްޕާޓީއަކަށް އެކަނިވެސް 7500 މީހުން މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި ކަހާލައިފި. އިލެކްޝަންގައި މިހާރު ތިބި މީހުން ތިބިއްޔާ އެކަން ކުރާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް