ފްރައިޑް ޗިކަން ޕުލާއު
ފްރައިޑް ޗިކަން ޕުލާއު
ލައިފްސްޓައިލް 22 Nov 2024 | 04:22

މި ހުކުރު މެންދުރަށް ކުކުޅުން ތަފާތު މީރު އެއްޗެއް ހަދާލަމާ؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ހުކުރު ދުވަހަކީ ކުކުޅުގެ ދުވަހެކެވެ. އެހެނީ ހުކުރު ދުވަހުގެ މެންދުރުގެ ސުފުރާ މަތިން ކުކުން ހަދާފައި ހުންނަ އެއްޗެއް ނުފެންނަ ފަހަރެއް މަދުވާނެއެވެ. އެހެންކަމުން، މު ހުކުރު ވޮއިސްގެ ބަދިގެއިންވެސް މި ގެނެސްދެނީ މީރުކޮށް ކުކުޅުން ޗިކަން ޕުލާއު ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ.

ކުކުޅު ކެއްކުން

1 ކިލޯ ކުކުޅު (ކޮށާފައި)

3 ތަށިފެން

1 ސައި ސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ އިނގުރު-ލޮނުމެދު ޕޭސްޓް

ތެއްޔަކަށް ހުރިހާ ތަކެތި އަޅާލުމަށް އެކުލަވާލާށެވެ. ދެން ކުކުޅުގެ ގާތްގަނޑަކަށް 50 އިންސައްތަ ރޯފިލަންދެން ކައްކާލާށެވެ. ކުކުޅު ކައްކާއިރު، ފުރަތަމަ ކައްކާނީ ގަދަ ގިނީގައެވެ. އެ ކައްކާއިރު، އުފެދޭ ގަރު ނަގާލަންވާނެއެވެ. އެއަށްފަހު، މަޑުގިނީގައި ތެލީގެ މަތި ޖަހައިގެން 5 ވަރަކަށް މިނެޓް ކައްކާލާނީއެެވެ.

ކުކުޅު ކެކުމުން، ކުކުޅުތައް ވަކި ތައްޓަކަށް، ކެއްކި ފެންގަނޑު އެހެން ތައްޔަކަށް އަޅާފައި ބަހައްޓާށެވެ.

ކުކުޅު މެރިނޭޓްކޮށް ފްރައި ކުރުން

2 ސައި ސަމުސާ އިނގުރު-ލޮނުމެދު ޕޭސްޓް

1/2 ސައި ސަމުސާ ރީނދޫ

1 ސައިސަމުސާ މުގުރި އަސޭމިރުސް

1/2 ސައި ސަމުސާ މުގުރި ދިރި

2 ސައި ސަމުސާ މުގުރި މިރުސް

1/2 ސައި ސަމުސާ ގަރަމް މަސާލާ

1/2 ސައި ސަމުސާ ލޮނު

2 ސައި ސަމުސާ ކޯން ފްލާ

2 ސައި ސަމުސާ ލުނބޯ ހުތް

ރަތް ކުލައިގެެ ކުޑަ ކާކުލަ ކޮޅެއް (ބޭނުން ނަމަ)

ތެޔޮ

ކައްކާފައި ހުރި ކުކުޅު، ހިހޫ ވުމުން، މެރިނޭޓްކުރާ ހުރިހާ ތަކެތި އަޅާލުމަށްފަހު، ދިހަ މިނެޓް ވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ. ދެން ކުކުޅުކޮޅު ރަން މުށި ކުލަ އަރަންދެން ތެލުލާލާށެވެ.

ޕުލާއު ތައްޔާރު ކުރުން

3 މޭޒުމަތީ ސަމުސާ ތެޔޮ (ކުކުޅު ތެލުލި ތެލުން)

2 ސްޓާ އެނީސް

1 ފޮނިތޮށި ސްޓިކް

1 ސައި ސަމުސާ ދިރި

1 ފިޔާ (ކުދިކޮށް ޗޮޕް ކޮށްފައި)

2 ސައިސަމުސާ އިނގުރު-ލޮނުމެދު ޕޭސްޓް

2 ސައިސަމުސާ ތޮޅި މިރުސް (ޗޮޕް ކޮށްފައު)

1 ޓޮމާޓޯ ( ޗޮޕް ކޮށްފައި)

1 ސައިސަމުސާ ކޮރިއެންޑަރ ޕައުޑަރ

1/2 ސައިސަމުސާ މުގުރި އަސޭމިރުސް

1/2 ޖޯޑު ޕްލެއިން ޔޯގަޓް

ކޮރިއަންޑަރ ފަތް

މިންޓް ފަތް

4 ލުނބޯ ފޮތި (ތުނިކޮށް ފޮތި ކޮށްފައި)

ގިތެޔޮ މިރުސް

ކުކުޅު ކެއްކި ފެން (ޗިކަން ބްރޮތް)

3 ޖޯޑު ބާސްމަތީ ހަނޑޫ

1 ސައި ސަމުސާ ލޮނު

1) ތެޔޮ ފޮދު ތެއްޔަށް އަޅައި ތެޔޮ ހޫނު ވުމުން، ސްޓަރ އެނީސް، ފޮނިތޮށި އަދި ދިރި އަޅައިގެން އެތަކެތި ފްރައި ކޮށްމާށެވެ.

2) ދެން، ފިޔާ، އިނގުރު-ލޮނުމެދު ޕޭސްޓް، އަދި ތޮޅި މިރުސް އަޅައިގެން ކައްކާލާށެވެ.

3) ފިޔާކޮޅު ރަންމުށިކުލަ އަރަން ފެށުމުން ޓޮމާޓޯ، ކޮރިއެންޑަރ ޕައުޑަރ، އަދި މުގުރި އަސޭމިރުސް އަޅާލާށެވެ. ޓޮމާޓޯ ރަނގަޅަށް ފްރައިވަންދެން ކައްކާލާށެވެ.

4) ދެން ޔޯގަޓް، ކޮރެއަންޑަރ ފަތް، މިންޓް ލީވްސް އަޅައި އެކުލަވާލާށެވެ. އެއަށް ލުނބޯ ފޮތި ތަކާއި، ގިތެޔޮ މިރުސްވެސް އަޅާލައިގެން ރަނގަޅަށް ކައްކާލާށެވެ.

5) އެއަށްފަހު، ކުކުޅު ކެއްކި ފެނާއި، އާދައިގެން ފެންފޮދެއް އަޅާލާށެވެ.

6) ފެންގަނޑު ކެކެން ފެށުމުން، ބާސްމަތީ ހަނޑޫ އަޅާލާށެވެ. ދެން ލޮނު ލުމަށްފަހު، އާދައިގެ ފެން ފޮދެއްވެސް އަޅާލައި ހަނޑޫ ކެކޭ ވަރަށް ފެން ހެޔޮވަރު ކުރާށެެވެ.

7) މަތި ޖަހައިގެން ބަތް ކެއްކުމަށްފަހު، ފެން ހިނދެން ފެށުމުން، މަޑުމަޑުން ހަލުވާލުމަށްފަހު، ބަތް މަތީގައި، ކުރިން ތެލުލި ކުކުޅު ކޮޅު އަތުރާލާށެވެ. އަދި މަތި ޖަހައިގެން މަޑު ގިނީގައި ބަތް އެއްކޮށް ކެކެންދެން ކައްކާލާށެވެ.

ޗިކަން ޕުލާއު އެހުރީ ތައްޔާރު ވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...