N/A
N/A
ހަބަރު 31 Mar 2019 | 13:39

އެމްޑީޕީގެ "ސަޅި" ކެމްޕެއިން: އެހެން ޕާޓީތަކުން ދަސްކުރަންޖެހިފައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ރާއްޖޭގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށް، ސިޔާސީ ހަރަކާތްތަކަށް ދިވެހިން ހޭލުންތެރިކުރުވި ޕާޓީކަމާ މެދު ސުވާލު އުފައްދާނެ މީހަކު ނުވާނެއެވެ. އެމްޑީޕީއަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދަށުން ފުރަތަމަ ރެޖިސްޓާރ ކުރެވުނު ސިޔާސީ ޕާޓީއެވެ.

އެމްޑީޕީ ވުޖޫދުވުމާއެކު ދިވެހިން ދެކިފައިނުވާފަދަ ސިޔާސީ ސީދާ އަދި ނުސީދާ ހަރަކާތްތަކަށް ޕާޓީ ނިކުމެގެން ދިޔައެވެ. ކޮޅުބުން ފެށުނު އިސްލާހީ ހަރަކާތް މާލޭގެ ދުންފިނި ޖަގަހައިން މާލޭގެ ފަޅުން ބޭރުވެ މުޅި ރާއްޖެ ރަންރީދޫކޮށްލީ އެމްޑީޕީގެ "ސަޅި" ކެންޕެއިންތަކެވެ.

"ތާހިރު ދިރިއުޅުމަކުން" ފެށި ކެންޕެއިން ނިންމާލީ "އަނެއް ދިވެހިރާއްޖެ"އަށެވެ. ކެންޕެއިންތައް ކުރިއަށް ގެންދެވުނީ ނުހަނު ރޭވުންތެރި އިންތިޒާމްތަކެއްގެ ތެރެއިންނެވެ. ޖަލްސާ ޒީނަތްތެރި ކުރުމާއި ޖަލްސާގެ ފްލޯ މުޅިން ބަދަލުވެގެންދިޔައެވެ. ރަންޒަމާނުގެ ރަން އަޑުތަކުން ކިޔާފައިވާ ޤައުމީ ލަވަތަކުން ޖޯޝްގެނުވި ކެންޕެއިންގެ ތެރެއަށް އެތައް ދިވެހިންނެއް، ޙާއްސަކޮށް ޒުވާނުން ގެނބިގެން ދިޔައީއެވެ.

ދޮރުން ދޮރަށް ޕާޓީގެ އެންމެ އިސް ފަރާތްކަމުގައިވާ ރައީސް އަދި ޗެއާޕާސަން ވަނީ އޭރު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން މިސާލު ޖަހަމުން ދިޔަ "ބޭފުޅުޒަމް" ގެ އަބުއި ގޮތް ދޫކުރައްވައި ރައްޔިތުމީހާގެ ގާތައް ވަޑައިގެން އެންމެ ގާތުން ހާލު ބައްލަވާފައެވެ. މިއީ ވެސް ދިވެހިންނަށް "ސަޅި" ކަމެކެވެ. ހިތާ ހިތުގެ ގުޅުން އުފެދި ލާމެހުނު ކަމަކެވެ. ޕާޓީތަކުން ފިލާވަޅުނަގައި ނަކަލު ކުރަން ޖެހޭ ކަމެކެވެ.

ދެން ފެނިގެން ދިޔައީ މެނިފެސްޓޯ ނަމުގައި ރައްޔިތުންނަށް ސިޔާސަތު ހިފައިގެން ނިކުތްތަނެވެ. ސިޔާސަތަކައިގެން ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ސިޔާސީ ޕާޓީއަކަށް ވެސް އެމްޑީޕީ ވީއެވެ.

މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބް ކެންޕެއިންތަކަށް މުޅި ރައްޖެއަށް ޕާޓީގެ ލީޑާޝިޕް އަރާނެއެވެ. ރައްޔިތުންގެ ގާތަށެވެ. ކެނޑިޑޭޓް ތައާރަފްކުރުމާއި ޕާޓީ ރޫހް އާލާކުރުމަށެވެ. މިއީ އެމްޑީޕީއެވެ. "ސަޅި" ސިޔާސީ ކެންޕެއިންތަކެވެ.

ރާއްޖެ ޑިމްކްރަސީއަށް އުފަންވިފަހުން އަޅުގަނޑުމެން މިކުރިމަތިލަނީ ތިންވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބާއެވެ. މީގެ 14 އަހަރު ކުރިން އެމްޑީޕީން ދައްކައިދިން މިސާލާ އެއްގޮތައް ކެނޑިޑޭޓުން ގޭގެއަށް ނުވަދެ މިހާރު ފަރަކުޖެހޭކަށް ނެތެވެ. ކެންޕެއިން ޕޯސްޓަރަކުން ވެސް މިކަން ކުރެވޭކަށް ނެތެވެ. މިއަދު ކެނޑިޑޭޓުން ރައްޔިތުމީހާގެ ހާލު ބަލައެވެ. ޕާޓީތަކުން ވަފުދުހަދައި ރަށްރަށަށް އަރައި ފޯރި ހިއްޕަން ޖެހެއެވެ. ޕާޓީތައްކުގެ ޖަލްސާ ބާއްވަން ޖެހެއެވެ. އެތެރޭގެ ޕްރައިމެރީތައް ބާއްވައި ވާދަވެރިކަން ވެސް އިތުރުކުރަން ޖެހެއެވެ. ނަމަވެސް އަދިވެސް ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީއާއި އެއްހަމަޔަށް ކެންޕެއިން ކުރެވޭވަރެއް ނުވެއެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ ކެނޑިޑޭޓުން ކެންޕެއިން ކުރައްވަން ޖެހެނީ ގިނިކަންޏާއެވެ. ޕާޓީގެ ލީޑާޝިޕް ނެތްކަހަލައެވެ. ކެންޕެއިން ފެއްޓުމަށް ބޮޑު ޖަލްސާއެއް ބާއްވައި ކެނޑިޑޭޓުން ތައާރަފްކުރުމެއްނެތެވެ. ޓިކެޓް ދީފައި އަތުވެސްލަނީއެވެ. ޕާޓީގެ ސިޔާސަތެއް ރައްޔިތުންނަށް ސާފުކޮށްދެވޭތަނެއްވެސް ނުފެނެއެވެ.

ޕީޕީއެމްގެ އިތުރުން ބާކީ ތިބި ޕާޓީތަކުންވެސް ކެންޕެއިންތަކުގައި ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާތަނެއް ނުފެނެއެވެ. ރައީސް ނަޝީދުފަދައިން ކެނޑިޑޭޑުންނަށް ހިތްވަރު ދެއްވައި ރަށްރަށަށް ވަޑައިގަނެވޭވަރުގެ ގަޓު ހުރި ލީޑަރުންތަކެއް ނުފެނެއެވެ. މިއީ ވާދަވެރި ސިޔާސީ މާހައުލެއްގޮތުގައި ބޭއްވުމަށް ދެންތިބި ޕާޓީތަކުން އަދިވެސް ދަސްކުރަން ޖެހިފައިވާ މުހިންމު ކަމެކެވެ. އެމްޑީޕީގެ ފިކުރު ރާއްޖެއަށް ފެތުރެމުން ދިޔައީ ރޭވުންތެރި ރައްޔިތުންނާއި ގާތުން ކުރިއަށް ގެންދިޔަ "ސަޅި" ކެންޕެއިންތަކުން ކަމީ ޝައްކެއްނެތްކަމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...