ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ ޙަރާމްކަމެއް: އައްޝައިޚް އަޙްމަދު ސަމީރު
ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ ޙަރާމް ކަމެއްކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިީންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
އައްޝައިޚް އަޙްމަދު ސަމީރު އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވި ސްޓޭޓަސްގައި ވިދާޅުވެފައިވަނީ ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމުގެ ތެރެއިން، ”އިރުކަލާނގެ“ އާ ގުޅޭ އަޅުކަމެއްކަމަށާއި އިންޓަރނޭޝަނަލް ޔޯގާ ދުވަހުގެ ގޮތުގައި 21 ޖޫން ފާހަގަ ކުރަނީ، 21 ޖޫން އަކީ އީކުއޭޓަރއިން ފެށިގެން ދުނިޔޭގެ އުތުރަށް އެންމެ ގިނަ ވަގުތު އިރު ނުއޮއްސި ހުންނަ ދުވަސް ކަމަށް ވާތީކަމަށެވެ.
އައްޝައިޚް އަޙްމަދު ސަމީރު މިހެން ވިދާޅުވެފައިވާ އިރު ރާއްޖޭގައި ހުންނަ އިންޑިއާ އެންބަސީން އަންނަނީ ދިވެހިން ބައިވެރިކޮށްގެން ބައިނަލް އަޤްވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންނެވެ.
ޝައިހް ސަމީރު އިތުރަށް ވިދާޅުވެފައިވާގޮތުގައި ޣައިރު ދީންތަކުގެ އަޅުކަމުގެ ވައްޓަފާޅިއަށް ކުރެވޭ ކަންކަމުގައި ބައިވެރިވުމަކީ ﷲ އާ ޝަރީކަ ކުރުމެވެ. ޝިރުކުގެ ފާފައަކީ އެންމެ ބޮޑަށް އެއާ ދުރުވާންޖެހޭ ފާފައެއްކަމުގައި ވިދާޅުވެފައެވެ.
މިނިސްޓްރީ އޮފް ޔޫތް އިން ވަނީ ބައިނަލް އަޤުވާމީ ޔޯގާ ދުވަސް އިންޑިއަން ހައިކޮމިޝަނާއި ގުޅިގެން މިއަދު މާލޭގައި ފާހަގަކޮށްފައިކަން ފާހަގަކޮށްލަންޖެއެވެ. އަދި ރާއްޖެއާއި އިންޑިއަގެ ސަޤާފީ ކަންތައްތައް ކުރިއަރުވާ ޖަމިއްޔާއަކުންވެސް ވަނީ ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ޔޯގާ ގެ ހަރަކާތްތަކެއް ހިންގާފައެވެ.
Embassy of India, Male' in collaboration with Ministry of Youth, Sports and Community Empowerment @MinYouthSports celebrates International Day of Yoga 2019 @presidencymv @MEAIndia #InternationalDayofYoga #YogaDay #YogaDay2019 #योगदिवस #अंतर्राष्ट्रीययोगदिवस pic.twitter.com/9JbSOVSfzZ
— India in Maldives (@EoIMaldives) June 19, 2019
އައްޝައިޚް ސަމީރު ލިޔުއްވި ސްޓޭޓަސް ތިރީގައި އެވަނީއެވެ.
”ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާ ހެދުމަކީ ޙަރާމްކަމެއް .ޔޯގާއަކީ ހިންދޫދީނުގެ އަޅުކަމުގެ ތެރެއިން، ”އިރުކަލާނގެ“ އާގުޅޭ އަޅުކަމެއް .އިންޓަރނޭޝަނަލް ޔޯގާ ދުވަހުގެގޮތުގައި 21 ޖޫން ފާހަގަކުރަނީ، 21 ޖޫންއަކީ އީކުއޭޓަރއިން ފެށިގެން ދުނިޔޭގެ އުތުރަށް އެންމެގިނަ ވަގުތު އިރު ނުއޮއްސި ހުންނަ ދުވަސްކަމަށް ވާތީއެވެ. އަދި އިރަށް ކުރިމަތިލުމާއި އިރާ ގުޅުންހުރި ޢިބާރާތްތަކާއި ސިންބަލްތައް މިކަމުގައި ބޭނުން ކުރެވެނީ މިހެންވެގެނެވެ. ޣައިރު ދީންތަކުގެ އަޅުކަމުގެ ވައްޓަފާޅިއަށް ކުރެވޭ ކަންކަމުގައި ބައިވެރިވުމަކީ ﷲ އާ ޝަރީކަ ކުރުމެވެ. ޝިރުކުގެ ފާފައަކީ އެންމެ ބޮޑަށް އެއާ ދުރުވާންޖެހޭ ފާފައެވެ. އެހެނީ ޝިރުކުގެ ފާފައަކީ އެ ފާފައެއްގެ ސަބަބުން އިންސާނާގެ ހުރިހާ ހެޔޮ ޢަމަލެއް ބާޠިލުވެގެން ދާނެ އަދި އެފާފައިގެ މަތީގައި މަރުވެއްޖެނަމަ ދުވަހަކުވެސް ނުފުއްސަވާނެ ހަމައެކަނި ފާފައެވެ .ޔޯގާގައި ހިންދޫން ކިޔާ ބައެއް ތަކެތި ދޫކޮށްލުމަކީ އޭގެ ވައްޓަފާޅިއަށް ބަދަލު އަންނާނެ ކަމެއް ނޫނެވެ. މުސްލިމުންގެ ތެރެއަށް މިކަން ފާޅުވި ހިސާބުން ފެށިގެން އެކި ޤައުމުތަކުގެ ޢިލްމުވެރިންވަނީ މިކަމުގައި ބައިވެރިވުން ހުއްދަ ނުވާނެކަން ބަޔާން ކުރައްވާފައެވެ. ވީމާ މިފަދަ ކަންކަމުން ދުރުވުމަށް އެންމެހާ މުސްލިމް އަޚުންނާއި އުޚްތުންނަށް ތަކުރާރުކޮށް ނަޞޭޙަތްތެރިވެ އިލްތިމާސްކުރަމެވެ.
ޔޯގާގެ އަސްލާ ގުޅުމެއް ނެތް، މުޅިން ތަފާތު އެހެން ކަސްރަތުތަކެއް، އަޅުކަމުގެ ރޫޙާނީ ވައްޓަފާޅިއެއް ނެތި ކުރުމަކީ ޔޯގާއެއް ނޫނެވެ.“
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް