މާލޭގައި މިރޭ ހަވާ އަރުވަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް, އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ލެމަންގްރާސް ސިޓްރޮން ދިމާ ބޭރުން މިރޭ 21:15ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގައި ހަވާ އަރުވަނީ ސިފައިންނެވެ. އެކި މުނާސަބަތުތަކާއި ގުޅިގެންނާއި ވިޔަފާރި އުސޫލުން ސިފައިން ހަވާ އަރުވައިދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް