މެލޭޝިޔާގެ ޑެޕިއުޓީ އެމްބެސެޑަރކަމުން ދީދީގެ އަނބިކަނބަލުން ވަކިކޮށްފި
މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރކަމުގެ މަގާމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން އާނިއާ އަބްދުލްޣަފޫރު ވަކިކޮށްފިއެވެ.
އިއްޔެގެެ ވަގުތެއްގައި އެކަމަނާ އެމަގާމުން ވަކިކުރެއްވި އިރު، ޑެޕިއުޓީ އެމްބެެސެޑަރކަމުގެ މަގާމަށް އެކަމަނާ އައްޔަންކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.
އާނިޔާ މަގާމުން ވަކިކުރެވުނުއިރު، އެކަމަނާގެ ފިރިކަލުން ފަނޑިޔާރު ދީދީ ނެންގެވިކަމަށްބުނާ އެއް މިލިޔަން ޑޮލަރުގެ ރިޝްވަތު ޖަމާކުރީ، މެލޭޝިޔާގައި ހުންނަ އާނިއާގެ އެކައުންޓަކަށްކަމަށް ޖޭއެސްސީއަށް ހުށައެޅި މައްސަލައިގައި ބުނެފައިވެއެވެ.
އާނިއާ އަކީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައި ވާ ގާނޫނީ ވަކީލެކެވެ.
މީގެ ކުރިން އެކަމަނާވަނީ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެެނެރަލްކަންވެސް ކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް