ގުޅީފަޅު ބޭރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި ރޯވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ގުޅީފަޅު ބޭރުގައި އޮތް މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވީ "އޮގްޒޮން ކެރިއަރ 2" ނަމަކަށްކިޔާ ދޯންޏެއްގައި ކަމަށެވެ. އެ އުޅަނދުގައި ރޯވީ ގުޅީފަޅު ނެރާދިމާލު ބޭރުގައި އޮއްވައެވެ. އެމްއެންޑީއެފުން ބުނީ މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން އަލިފާން ރޯވި އުޅަނދުކައިރީ ހަރަކާތްތެރިވަމުންދާކަމަށެވެ.
މެރިން ފުލުހުން ބުނީ މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 13:30 ކަމަށެވެ. އުޅަނދުގައި އަލިފާން ރޯވުމާއެކު އެފްއެސްއެމްގެ އުޅަނދެއްގައި އެ ހިސާބަށްގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށް މެރިން ފުލުހުން ބުންޏެވެ.
އަލިފާނުގެ މި ހާދިސާގައި އެ އުޅަނދަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އުޅަނދުގެ އިންޖީނުގެއާ ދިމާލުގައި އަލިފާންގަނޑު ވަރަށްބޮޑަށް ހިފާފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް