އުރީދޫ ފަން ރަން: 3،000 ބައިވެރިންނާއެކު ކާމިޔާބު ހަރަކާތެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އުރީދޫ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފަން ރަން މި އަހަރު އައްޑޫ ސިޓީގައި ކުލަގަދަ ހަރަކާތެއްގެ ގޮތުގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.
މިއަދުގެ ހަރަކާތުގައި 3,000 މީހުން ބައިވެރިވެފައިވެ އެވެ. މަރަދޫ ހާބަރު ސަރަހައްދު ގައި އޮތް ދުވުމުގައި އެކި އުމުރުފުރާގެ ދެ ޖިންސުގެ މީހުން ބައިވެރިވި އެވެ.
މިއީ އުރީދޫ އިން މަޖާ ފަސް ކިލޯ މީޓަރަށް ދުވުމުގެ މަޖާ ހަރަކާތެކެވެ. މި ހަރަކާތުގައި ދުވުމާއި ހިނގުމާއި އަދި ނަށަމުން ފަސް ކިލޯ މީޓަރު ފުރިހަމަ ކުރެ އެވެ.

އަދި އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސްޓޭޝަންތަކުން ކުލަ ޖެހުމާއި ފެން ޖެހުމުގެ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.
އައްޑޫ ސިޓީގައި އޮތް ދުވުމުގައި އުރީދޫގެ އިސްވެރީންނާއި އައްޑޫ ސިޓީގެ މޭޔަރާއި ކައުންސިލް މެންބަރުންނާއި އެކި ރަށްރަށުން މީހުން ބައިވެރިވި އެވެ.
އުރީދޫ ފަން ރަން އަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ މީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އިވެންޓެކެވެ. މި ހަރަކާތަށް ކޮންމެ އަހަރަކު އެތައް ބަޔަކު އިންތިޒާރު ކުރެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް