އިތުބާރު ނެތްކަމުގެ ވޯޓުފާސްވާ އުސޫލަށް މާދަމާ ބަދަލު ގެންނަނީ
ދައުލަތުގެ ވަޒީރުންނާއި ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް ރައްޔިތުންގެ މަޖިލީހުން ނެގުމުން އެފަރާާތްތައް މަގާމުން ވަކިވާގޮތަށް ގަވާއިދަށް ގެންނަ އިސްލާހުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް ތާވަލްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އާންމު ކޮމިޓީން ގެންނަން ނިންމާފައިވާ އިސްލާހުގައި ވަނީ، ދައުލަތުގެ ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅައި މަޖިލީހުގެ އަޣުލަބިއްޔަތުން އިތުބާތު ނެތް ކަމަށް ފާސްވެއްޖެ ނަމަ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެ މީހަކު ވަގުތުން މަގާމުން ވަކިވާނެކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށެވެ.
އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންކަަމަށް އެ ހުކުމްގައި ބުނެފައިވެއެވެ.
މަޖިލީހުގެ އާންމު ކޮމެޓީން އެއިސްލާހު ފާސްކުރީ ޕީޕީއެމް އާއި ޖޭޕީ މެންބަރުންގެ ތާއީދާއި އެކުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް