މައިމީހާގެ ބަނޑުގައި އޮއްވާ ކުއްޖާގެ ބުރަކަށީގެ ސާޖަރީއެއް ހަދައިިފި
އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް ކުއްޖާ، މައިމީހާގެ ރަހިމުގެ ތެރޭގައި އޮއްވާ އެކުއްޖާގެ ބުރަކަށީގެ ސާޖަރީއެއް ހަދައިފިއެވެ.
އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި ބަނޑަށް 20ހަފްތާގައި ހެދި ސްކޭނަކުން ކުއްޖާގެ އުފެދުމުގައި ބުރަކަށީގައި އައިބެއް ހުރިކަން އާއިލާއާއި ޑޮކްޓަރުންނަށް އެނގުނެވެ.
އެ ހިސާބުން އެ ކުއްޖާގެ މައިމީހާއަށް އޮތީ އެބޯރޓްކުރުން، ނުވަތަ ރަހިމުގައި އޮއްވާ ބުރަކަށީގެ އޮޕަރޭޝަނެއް ކުރުމެވެ. މައިމީހާ ބޭނުންވީ އޮޕަރޭޝަންކަމުން ޑޮކްޓަރުން ވަނީ މައިމީހާގެ ބަނޑު ފަޅާލުމަށްފަހު ކުއްޖާގެ ބުރަކަށި ރަނގަޅު ކުރުމަށް އޮޕަރޭޝަނެއް ކޮށްފައެވެ.
މި އޮޕަރޭޝަނަށްފަހު ކުއްޖާއާއި މައިމީހާގެ ހާލު ރަނގަޅެވެ. މީގެ ދެމަސްފަހުން ކުއްޖާ އުފަންވާނެކަމަށް ޑޮކްޓަރުން ވަނީ ލަފާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް