އެންސްޕާގެ ކައުންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ ހެލްޕް ޑެސްކެއް އައިޖީއެމްއެޗްގައި ގާއިމްކޮށްފިއެވެ.
މި ހެލްޕް ޑެސްކް އިފްތިތާހުކޮށްފައިވަނީ މިއަދު އޮތް އައިޖީއެމްއެޗްގައި އޮތް ރަސްމިއްޔާތެއްގައި ޖެންޑަރ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރ، ޝިދާތާާ ޝަރީފެވެ.
މި ޚިދުމަތް އިފްތިތާހުކޮށްދެއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ޒަމާންތަކެއް ވަންދެން ބަލި މީހުންނާއި އެ ފަރާތްތަކުގެ އެހީތެރިން އާސަންދައާއި އެންސްޕާއިން ޚިދުމަތް ހޯދުމުގައި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށާއި ނާޒުކު ޙާލަތްތަކުގައި އެއް އޮފީހުން އަނެއް އޮފީހަށް ދިޔުމަކީ ވަގުތާއި ދަތުރުފަތުރުގެ ގޮތުން އުނދަގޫކަމެއް ކަމަށް ދެކިވަޑައިގަންނަވާކަަމަށެވެ.
އަދި ސަރުކާރުގެ ވިސްނުމަކީ މި ފަދަ އަސާސީ ޚިދުމަތްތައް ލުއިފަސޭހަ ކަމާއެކު އެއްތަނަކުން ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ކައުންޓަރުން އާސަންދައާއި އެންސްޕާއިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް އައިޖީއެމްއެޗް ތެރެއިން ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި އާސަންދައާއި އެންސްޕާގެ ފޯމުތައް ދޫކުރުމާއި، ހުށަހެޅޭ ފޯމުތައް ބަލައިގަތުމާއި، މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް