އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ހައްޖު ދަތުރު ލިބުމުގެ ފުރުސަތު އޮންނާނެ
އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ހައްޖު ދަތުރު ލިބުމުގެ ފުރުސަތު އޮންނާނެ
ވިޔަފާރި 12 Oct 2025 | 08:42

އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ހައްޖު ދަތުރު ލިބުމުގެ ފުރުސަތު

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ހައްޖު ދަތުރު ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫ މޯލްޑިވްސް އަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އެޕްރީލް މަހު ފަށައިގެން ކުރިއަށް ގެންދާ "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ދަށުން 8 ކަސްޓަމަރަކަށް މިހާރު ވަނީ އުމްރާ ދަތުރު ލިބިފައެވެ. މި ކެމްޕެއިންގެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ މީހަކަށް ހައްޖު ދަތުރެކެވެ. މި ކެމްޕެއިންގެ ހާއްސަ ކަމަކީ އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ދަތުރު ކާމިޔާބުކުރުމުގެ ފުރުސަތު އޮތުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

"ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ. މި ހަރަކާތަކީ ކަނެކްޓިވިޓީގެ ބޭރުން އުރީދޫގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް އުރީދޫ އާއިލާއާ އަލަށް ގުޅުނު ފަރާތްތަކަށް ދައުވަތު ދިނުމެވެ.

ބައިވެރިވާނެ ގޮތް

މި ޑްރޯގައި ކަސްޓަމަރުން ބައިވެރިވޭނީ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބައެއް ކަންކަން ފުރިހަމަކޮށްގެންނެވެ.

• ބިލް ދެއްކުމަށް ނުވަތަ އެޑް-އޮން ކުރުމަށް 250 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކުރުން.

• އަލަށް ގުޅޭ ކަސްޓަމަރުން ބިލް ދެއްކުމަށް ނުވަތަ އެޑް-އޮން ކުރުމަށް މަދުވެގެން 400 ރުފިޔާ ހަރަދު ކުރެވޭނެ

• އުރީދޫގެ ހިދުމަތް (ކޯލް ނުވަތަ ޑޭޓާ) 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު ބޭނުންކުރުން

.• ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ޕްރޮމޯގައިބައިވެރިވެވޭނެ.

މި ޑްރޯގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހުރިހާ ކަސްޓަމަރުން އޮޓަމެޓިކުން ގުރުއަތު ނެގުމަށް ހަމަޖެހިފައިވާއިރު، ކެމްޕެއިން މުއްދަތުގެ ތެރޭގައި ނަސީބުވެރިން ހޮވޭނެ އެވެ.

މި ކެމްޕެއިނާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ މި ކެމްޕޭނުން ދައްކުވައިދެނީ ޓެކްނޮލޮޖީ އާއި ކަނެކްޓިވިޓީއިން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދެވިދާނެކަމެވެ.

"ލިވް އަންލިމިޓަޑް ކެމްޕޭނާއެކު އަޅުގަނޑުމެންގެ އަމާޒަކީ އުރީދޫގެ މިހާރުގެ ކަސްޓަމަރުން އަދި އަލަށް ގުޅޭ ކަސްޓަމަރުންގެ އަގުވަޒަން ކުރުމެވެ. މި ކެމްޕޭނުން ދައްކުވައިދެނީ ޓެކްނޮލޮޖީ އާއި ކަނެކްޓިވިޓީއިން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދެވިދާނެކަމެވެ."

އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، އެ ކުންފުނިން އަބަދުވެސް ދަނީ ކަސްޓަމަރުންނަށް ފުރިހަމަ ކަނެކްޓިވިޓީއާއެކު ދިރިއުޅުން ފުރިހަމަ ކޮށްދެވޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި
23 Sep 2026 ވިޔަފާރި

އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް އުރީދޫއާއި ފުލުހުން ސެޝަނެއް ބާއްވައިފި

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައި...

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް
22 Sep 2026 ވިޔަފާރި

އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ...

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
17 Sep 2026 ވިޔަފާރި

އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި

ޓެލެކޮމް އަދި ޑިޖިޓަލް ޕްރޮޑަކްޓުގެ ދާއިރާގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ އަޙްމަދު ނޫމާން އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑް ގޮތުގައި އައްޔަންކޮށްފިއެވެ. ނޫމާން މީގެ ކު...

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ
07 Sep 2026 ވިޔަފާރި

ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް! އުރީދޫގެ 'ހިނގާ' އޭޓީވީ ޕްރޮމޯޝަނުގައި އަދި އިތުރު 2 އޭޓީވީ ދޭނެ

އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ. 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމް...

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ
26 Aug 2026 ވިޔަފާރި

43،000ރ ގެ އިނާމާއެކު އުރީދޫ މަސް ރޭސް އަންނަ ހުކުރު ދުވަހު ބާއްވަނީ

މަސްވެރިކަމުގެ ވުޒާރާއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކުރާ އުރީދޫ މަސް ރޭސް 2026, މި ހުކުރު ދުވަހު ކ. މާފުށީގައި ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިފަހަރުގެ މުބާރާތުގައި 16 ޓީމު ބަ...

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި
16 Aug 2026 ވިޔަފާރި

އުރީދޫ ނޭޝަންސްއާ ގުޅިގެން ބޭއްވި ޕީއެމްއެންސީ މޯލްޑިވްސް ފޯލްގެ ގަދަ ތިން ޓީމު ސަރަޙައްދީ މުބާރާތުން ޖާގަ ހޯދައިފި

އުރީދޫ ނޭޝަނާ ގުޅިގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) 2026 މޯލްޑިވްސް ފޯލްގެ ޗެމްޕިއަންކަމާއި ރަނަރއަޕް މަޤާމުތައް ސިންޑިކޭޓް އެލްއެންއެން އެސްޑީއެމްޒެޑް އަދި ޑީސީއެމް ޑ...