ޕެޓްރޯލްގެ އަގު ހެޔޮކޮށްފި
އެސްޓީއޯއިން ވިއްކަމުންދާ ޕެޓްރޯލްގެ އަގު އަނެއްކާވެސް ހެޔޮކުރުމަށް ނިންމައިފިއެވެ.
އެކުންފުނިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން އެއް ރުފިޔާ ހެޔޮ ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ، 10.13 ރުފިޔާއަށެވެ.
އެހެން ނަމަވެސް، ޑީސަލް ވިއްކާ އަގަށް ބަދަލެއް އައިސްފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މިއީ މިއަހަރު ތެރޭ އެ ކުންފުނިން ތެލުގެ އަގު ހެޔޮ ކުރި ހަތަރު ވަނަ ފަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް