އެޝްޓައޮލް ކައިރީގައި ފެތުރުނު އަލިފާންގަނޑު:ފޮޓޯ/ޓައިމްސް އޮފް އިޒްރޭލް
އެޝްޓައޮލް ކައިރީގައި ފެތުރުނު އަލިފާންގަނޑު:ފޮޓޯ/ޓައިމްސް އޮފް އިޒްރޭލް
ދުނިޔެ 24 Apr 2025 | 05:28

އިޒްރޭލުގެ މީހުން އުޅޭ ބޮޑު ސަރަހައްދެއްގައި އަލިފާނުގެ ހާދިސާއެއް

ހޫނު ގަދަވުމުގެ ސަބަބުން އިޒްރޭލުގެ ބެއިޓް ޝެމެޝް ސަރަހައްދުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ ނިއްވުމުގެ މަސައްކަތް ފަށައިފިއެވެ.

މި ހާދިސާ ހިނގައިފައި ވަނީ އަންގާރަ ދުވަހާއި ބުދަ ދުވަހާއި ދެދުވަހު ވަރަށް ހޫނުގަދަވާނެ ކަމަށް އިޒްރޭލުގެ މޫސުމާބެހޭ އިދާރާއިން ބުނެފައި އޮއްވައެވެ.

އަލިފާނުގެ އަސަރު ފެތުރިފައިވާ ކަމަށް މައުލޫމާތު ލިބިފައިވަނީ އެޝަތައޮލް، ބެއިޓް މެއިރް އަދި މެސިލަޓް ޒިއޮން އަށެވެ. މި ސަރަހައްދުތަކުގައި ދިރުއުޅެމުން ދިޔަ މީހުން ވަނީ ގެތަކުން ނެރެފައެވެ. އަދި އަލިފާނުގެ އަސަރު ކޮށްފައިވާ ބޮޑެތި މަގުތަށް ވެސް ބަންދުކޮށް ވެހިކަލްތަކުން މީހުން ހުސްކުރަމުން އެބަ ދެއެވެ.

އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި މިހާރު ފަޔަރ އެންޑް ރެސްކިއު ގެ އިތުރުން އިޒްރޭލު ފުލުހުންނާއި އެއާ ފޯސް ވެސް މަސައްކަތްކުރަމުން ދެއެވެ. އެހެންނަމަވެސް މޫސުން ހޫނުވެ ވައިގަދަވުމުގެ ސަބަބުން އަލިފާން ކޮންޓްރޯލް ކުރުމަށް ދަތިތަކާ ކުރިމަތިވި ނަމަވެސް މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

އަލިފާނުގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކަށް ތަންކޮޅެއް ލުއި ވުމާއެކު ރޭގެ ވަގުތެއްގައި އަލިފާން ނިއްވުމަށް މަސައްކަތްކުރަމުން ދިޔަ ފަރާތްތަކުން ވަނީ ހުސްކުރި ތަންތަނަށް މީހުން އަނބުރާ ދިޔުމަށް ހުއްދަ ދީފައެވެ. އަދި ބަންދު ކުރި މަގުތައްވެސް މިހާރު ހުޅުވާލައިފިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް