ބިން ހިއްކުމުން ތިމާވެއްޓަށް އަސަރުކުރިޔަސް އެއީ ކުރަން ޖެހޭކަމެއް: އަސްލަމް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަންޖެހޭ ބިންހިއްކުމުގެ ހުރިހާ މަޝްރޫއުއެއް އެއްފަހަރާ ހިންގުމަށް ސަރުކާރުން ވިސްނަން ފަށައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމެވެ.
ބިންހިއްކުމުގެ ހިއްކުމުން ތިމާވެއްޓަށް އަސަރުކުރިޔަސް އެއީ ކުރަން ޖެހޭކަމެއް
އަސްލަމް ވިދާޅުވީ ބިންހިއްކުމަކީ އޭގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަންތައްތަކެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެއީ ކުރަންޖެހޭނެ ކަމެއް ކަަމަށެވެ. ސަބަބަކީ ތަރައްގީ ގެނެވޭނީ ބިންހިއްކުމާއި އެއްކޮށް ކަމުގައިވާތީ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މިިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ހިއްކަން ޖެހިފައި ހުރި ހުރިހާ ބިމެއް އެއްފަހަރާ ހިއްކާ ނިންމާލުމަށް ކަމަށެވެ. އަދި މިކަން ކުރުމަށް ރާއްޖޭގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ ދުނިޔޭގެ ފެންވަރުގެ ކުންފުންޏަކާއި ވާހަކަދައްކަމުން ދާކަމަށް މިިނިސްޓަރ ހާމަކުރެއްވިއެވެ.
އަސްލަމް ވަނީ ބިންހިއްކުމުގެ ކަންތައްތައް ކުރިއަށްގެންދާނީ ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާގޮތަށްކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް