ސައިކަލެއްގައި ނަބިއްޔާގެ އިސްމުފުޅު ލިޔެފައި
ސައިކަލެއްގައި ނަބިއްޔާގެ އިސްމުފުޅު ލިޔެފައި
ދީން 14 Aug 2025 | 11:02

މިއީ އިހްތިރާމް ކުޑަކުރުން، މިގޮތަށް މިމާތް ކަލިމަފުޅު ނުލިޔޭ!

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

لا إله إلا الله محمد رسول الله -- މިފަދަ މާތް އިސްމުފުޅު ލިޔުން އެކަށީގެންވާ ނުވާ ތަންތަނާއި ތަކެތީގައި ނުލިޔުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އާދަމް ޝަހީމް އިލްތިމާސް ކުރައްވައިފި އެވެ.

މީހަކު އޭނާާގެ ސައިކަލުގައި لا إله إلا الله محمد رسول الله އިސްމުފުޅު ލިޔެފައިވާ މަންޒަރު ފެންނަ ފޮޓޯއަކާއެކު އާދަމް ޝަމީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިހްތިރާމް ކުޑަވާ އެއްވެސް ގޮތަކަށް މާތްﷲ އާއި މާތް ނަބިއްޔާ ނަންފުޅު އަދި ދީނީ ޝިއާރުތައް ލިޔެ ބޭނުން ކުރުން ހުއްދަ ވެގެން ނުވާނެ ކަމަށެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އާދަމް ޝަހީމް 

އެކަމުގެ ދަލީލެއްގެ ގޮތުގައި އަލްޙައްޖު ސޫރަތުގެ 32 ވަނަ އާޔަތާއި އެ އާޔަތުގެ މާނަ ޝެއިހް ވަނީ ހިމަނުއްވާފަ އެވެ. އެ އާޔަތުގެ މާނާގައި ވަނީ;

"މާތްﷲ ގެ އަމުރުފުޅުތަކަށް ބޯލަނބައި އެކަލާންގެ ދީނުގެ ޝިއާރުތަކަށް މާތްކޮށް ހިތުމަކީ ހިތްތަކުގައިވާ ތަޤްވާވެރިކަމެކެވެ,"

ޝެއިހް ވަނީ އެފަދަ ތަންތަނުގައި މި މާތް ކަލިމަފުޅު ލިޔުން އެެކަށީގެން ނުވާާކަން މީހުންނަށް ޚަބަރުކުރުުމަށް -- އަންގަން ޖެހޭ ކަމަށް ވިދާޅުވެ އެކަން ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

ބައެއް މީހުންނަށް މިފަދަ ކަންކަން ކުރެވެނީ ދީނާއި ނަބިއްޔާއަށް އޮންނަ ލޯބީގައި ނަމަވެސް މިފަދަ ކަންކަން ކުރުމުގެ ކުރީން ދީނުގައި ކަން އޮންނަ ގޮތް ސާފުކުރުމަށް އިލްމުވެރީން އަބަދުވެސް އިލްތިމާސް ކުރެ އެވެ. އަހަރެމެންގެ ސިކުނޑިއާ ވިސްނުމަށް އެއީ މާތްކޮށް ހިތުމާއި ރަނގަޅު ކަންކަން ކަމުގައި ބެލެވޭ ނުވަތަ ދެކޭ ކޮންމެ ކަމަކީ ދީނުގައި ހުއްްދަ ކަންކަން ނޫންކަން އިލްމުވެރީން ފާހަގަ ކުރައްވަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް