ހުޅުމާލެ ރައްޔިތުންގެ ޝަރަފުގައި ހުޅުމާލެ އިންތިހާބީ މެންބަރު ނިޔާ މާހެފުމެއްދެއްވައިފި
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެން ޢަލީ ނިޔާޒް، ހުޅުމާލެ ރައްޔިތުންގެ ޝަރަފުގައި މާހެފުމެއް ބާއްވައިފިއެވެ.
މިރޭ ޢާޒީ ސްކޫލް ކުރިމަތީ ހުސްބިމުގައި ބޭއްވި މި މާހެފުމުގައި ނިޔާޒްގެ އިތުރުން ހުޅުމާލެގައި ދިރިއުޅޭ ގިނައަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ނިޔާޒްއާއި ވާދަކުރެއްވި ކެނޑިޑޭތް ސަންޗޭޒް ވެސް ހިމެނެއެވެ.
ވޮއިސް އާއި ވާހަކަ ދައްކަވަމުން ނިޔާ ވިދާޅުވިގޮތުގައި މަޖިލިސް ހުޅުވުމުގެ ކުރިން ދާއިރާގައި ނިޔާޒްގެ އޮފީހެއް ހުޅުވިގެންދާނެއެވެ.
ނިޔާޒް ވަނީ މަޖިލިސް އިންތިހާބުގެ ދުވަސްވަރު ކެންޕެއިންގައި އެމަނިކުފާނު މެންބަރުކަމަށް ހޮވިވަޑައިގެންފިނަމަ ދާއިރާގެ ރައްޔިތުންނަށް ޙާއްސަކުރެވިގެން އޮފީހެއް ހުޅުވާނެކަމަށް ވިދާޅުވެފައެވެ.
ހުޅުމާލެ ރައްޔިތުންގެ ޝަރަފުގައި @ali_niya ދެއްވަވާ މާހެފުން ޣާޒީ ސްކޫލް ކުރިމަތީ ހުސް ބިމުގައި ކުރިއަށް ދަނިީ pic.twitter.com/FT4uwyDPZb
— Athirisoru (@athirisoru) April 25, 2019
މިރޭ ހުޅުމާލެގައި ބޭއްވުނު މާހެފުމުގައި ވަނީ ދެ ޖިންސުގެ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފަކަން ފާހަގަކޮށްލަންޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް