އެސްޓީއޯއިން މަކިޓާގެ އުފެއްދުންތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މަކިޓާ ޕާޓްނަރޝިޕްގެ ކާމިޔާބީއަށް 25 އަހަރު
ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން އެސްޓީއޯއިން މަކިޓާގެ އުފެއްދުންތަކަށް
ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަންސުން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން މަކިޓާގެ އުފެއްދުންތައް ގަންނަ ފަރާތްތަކަށް, މަކިޓާގެ ގިނަ އުފެއްދުންތަކަކަށް 25 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނޭކަމަށް އެސްޓީއޯއިން ބުނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ, މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯރޫމް ގައެވެ.

1915 ވަނަ އަހަރު ވުޖޫދަށް އައި ޖަޕާނުގެ މަކިޓާގެ އުފެއްދުންތަކަކީ ދުނިޔޭގެ ގިނަ ބައެއްގެ އިތުރުން ރާއްޖޭގެ މަސައްކަތްތެރިންގެ މެދުގައިވެސް ވަރަށް ބޮޑު މަގްބޫލްކަމެއް ލިބިގެންގޮސްފައިވާ ބްރޭންޑެކެވެ. އެސްޓީއޯއިން ރާއްޖެއަށް މަކިޓާގެ އުފެއްދުންތައް ތައާރަފްކޮށްފައިވަނީ، މީގެ 25 އަހަރުކުރިން 2000 ވަނަ އަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް