ރަސްފަންނުގެ ކޮަރަލް ބުލޮވާޑް ފްލެޓްތައް ހުޅުމާލެއަށް ބަދަލުކުރަނީ
ރަސްފަންނު ސަރަހައްދުގައި ސިންގަޕޯރގެ ޗަންހުއާ ކޮންސްޓްރަކްޝަން ކުންފުނިން އަޅަން ރާވާފައިވާ ކޮރަލް ބުލޮވާޑް ޕްރޮޖެކްޓް އެއްކޮށް، ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާކަމަށް އަޑުފެތުރެން ފަށައިފިއެވެ.
ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މި ޕްރޮޖެކްޓް ހުޅުމާލެއަށް ބަދަލުކޮށް މާލޭގައި އިތުރަށް އެއްވެސް ހައުސިންގް ޕްރޮޖެކްޓްއެއް ހިންގުމުގެ ފުރުސަތު ނުދިނުމަށް ހައުސިންގް މިނިސްޓްރީން ދަނީ ވިސްނަމުންނެވެ.
މިކަމަށްޓަކައި އެ މިނިސްޓްރީން އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް މިހާރު ފޮނުވާފައިވާކަމަށްވެއެވެ.
ކޮރަލް ބުލޮވާޑް އަޅަނީ ދަރުމަވަންތަ ހޮސްޕިޓަލްވެސް އެޅި ކުންފުނިންނެވެ.
މި ޕްރޮޖެކްޓްގެ ދަށުން ހަދަން ނިންމި ހަތަރު ޓަވަރަކީ 25- 28 ބުރީގެ އިމާރާތްތަކެކެވެ. އޭގެ ތެރޭގައި 128 ކޮޓަރި ހިމެނޭ ފަސް ތަރީގެ ހޮޓަލެއް ވެސް ހިމެނެ އެވެ. މީގެ ތެރެއިން ބައެއް އެޕާޓްމަންޓްތައް ވަނީ ވިއްކާފައެވެ.
މިކަމާއި ގުޅިގެން ޗަންހުއާ ކުންފުނީގެ ބަހެއް ލިބިފައެއްނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް