N/A
N/A
ހަބަރު 20 Dec 2019 | 11:43

ޗައިނާގެ ކުންފުނިން ހިންގާ ބަަނދަރުގެ އެއްބަސްވުން ބަދަލެއް ނުކުރާނަން: ލަންކާ

ޗައިނާގެ އެގްޒިމް ބޭންކްގެ ލޯނެއްގެ ދަށުން އަވައްޓެރި ސްރީލަންކާގެ ހަމްބަންޓޯޓާ އަވަށުގައި ތަރައްގީކުރި ބަނދަރުގެ އެއްބަސްވުން ބަަދަލުކުރުމަށް މަސައްކަތް ނުކުރާނެކަމަށް އެގައުމުން ބުނެފިއެވެ.

ސްރީލަންކާގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެގައުމުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ، ބޭރުގައުމުތަކުގެ މީޑިޔާތަކުގެ ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަމްބަންޓޯޓާގެ ބަނދަރު ހިންގުމަށް ދިޔަ ޚަރަދު ބޮޑުވެ، ޗައިނާގެ އެގްޒިމް ބޭންކުން ނެގި ލޯނު އަނބުރާ ދެއްކުމަށް ދަތިތަކަކާއި ކުރިމަތިވެދާނެކަމަށް ބުނެ، 2016ވަނަ އަހަރުގައި ލަންކާގެ ސަރުކާރުން ވަނީ އެ ބަނދަރު ހިންގުމުގެ 70ޕަސެންޓް ހިއްސާ ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ދިނުމަށް ނިންމާފައެވެ. މި އެއްބަސްވުމުގެ ދަށުން އެކުންފުނީގެ ފަރާތުން އެ ބަނދަރުގެ ތަރައްގީއަށް ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުސޫލުން އެއް ބިލިޔަނަށްވުރެ ގިނަ ޑޮލަރު ޚަރަދުކުރުމަށްވަނީ ނިންމާފައެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި ޗައިނާގެ ކުންފުންޏަށް ލިބޭ ހިއްސާގެ ތެރެއިން 20އިންސައްތަ ހިއްސާ، ދިހަ އަހަރުގެ ތެރޭގައި ސްރީލަންކާގެ ކުންފުންޏަކަށް ބަދަލުކުރަންޖެހެއެވެ. މި މުއާމަލާތް ހިންގާފައިވަނީ ޑެބްޓް ފޯ އިކުއިޓީ ސްވެޕް އުސޫލުގެ ދަށުންނެވެ.

އިއްޔެގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ގޯޓާބަޔަ ވިދާޅުވީ މި މަޝްރޫއުގެ ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާތީ އެ އެއްބަސްވުން އަލުން މުރާޖައާނުކުރާނެ ކަމަށެވެ. ނަަމަވެސް އެ ބަނދަރުގެ ސަލާމަތީ ކަންކަން އޮތީ ސްރީލަންކާގެ ކަމާއިބެހޭ އިދާރާތަކުގެ ދަށުގައިތޯ ބައްލަވާނެކަމަށް ގޯޓާބަޔަ ވިދާޅުވިއެވެ.

މި ބަނދަރުގެ ސަލާމަތީ ކަންކަމުގެ ބާރު އޮންނަންވާނީ ސްރީލަންކާގެ އަތުގައިކަމަށް ޗައިނާއިންވެސް އެއްބަސްވާކަމަށް ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ އެ ބަނދަރުގެ ހިންގުން 99އަހަރަށް ކުއްޔަށްދީފައިވާ އެއްބަސްވުން މުރާޖައާ ނުކުރައްވާނެކަމަށާއި، އެއީ ވިޔަފާރީގެ މުއާމަލާތެއްކަމަށެވެ. އަދި އެގޮތަށް އަމަލުކުރަން ބޭނުންފުޅުވެ ވަޑައިނުގަންނަވަނީ އާ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު ވިޔަފާރީގެ އެއްބަސްވުންތައް ބަދަލުނުވާނެކަން ދެއްކުމުގެ މަގުސަދުގައިކަމަށް ލަންކާގެ ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...