ރައީސް ޔާމީން މިނިވަންކުރަން ޔޫއޭއީގެ އެހީއަށް އެދިއްޖެ
ކުރީގެ ރައީސް އަަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަން ކުރުމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އެހީތެރިކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު އެދިއްޖެއެވެ.
ރައީސް ޔާމީން މިނިވަން ކުރަން އެހީތެރިކަން ފޯރުކޮށް ދިނުމަށް، ޝިޔާމު އަރަބި ބަހުން ކުރެއްވި ޓުވީޓުގައި ވަނީ، ޔޫއޭއީގެ ވަލީ އަހުދު ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނާއި އެ ގައުމުގެ އިސް ބޭފުޅުން ޓެގުކުރައްވައިފައެވެ.
ޔާމީންގެ ފަސް އަހަރުގެ ދައުރުގައި، ރާއްޖެއާއި ޔޫއޭއީއާ ދެމެދު ގާތް ގުޅުމެއް އުފެއްދެވިކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ އެ މަނިކުފާނު މިހާރު ހުންނެވީ ނުހައްގު ޖަލު ބަންދެއްގައި ކަމަށެވެ.
ޔާމީން އެންމެ ފަހުން ޔޫއޭއީ އަށް ވަޑައިގަތީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް އެހީތެރިކަމަށް އެދުނުއިރު، ރައީސް ސޯލިހާއި ރައީސް ނަޝީދު، މިވަގުތު ހުންނެވީ ޔޫއޭއީގެ ވެރިރަށް އަބޫދާބީގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް