އަލިފާނުގައި ގެއްލުން ލިބުނު ދަރިވަރުންނަށް ހުދުމާއިން ހިލޭ ޔުނިފޯމް ދެނީ
މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ދަރިވަރުންނަށް މަޝްހޫރު ހުދުމާއިން ހިލޭ ޔުނީފޯމް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
ހުދުމާގެ ފިހާރަތަކަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސްކޫލްކުދިންގެ ޔުނީފޯމް ވިއްކާ އެއް ފަރާތެވެ.
އެކުންފުނިން ބުނީ މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި އެއްބަޔަކު އަނެއްބަޔަކަށް އަޅާލައި، އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކޭކަމަށެވެ.
އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީން ފޯރުކޮށްދޭ ޚާއްސަ ސްލިޕެއް ހުށައެޅުމުން އެ ހާދިސާގައި ގެއްލުން ލިބުނު ކިޔަވާ ކުދިންނަށް ހުދުމާއިން ހިލޭ ޔުނީފޯމް ފޯރުކޮށްދޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ހުކުރު ދުވަހުގެ ރޭގެ އަލިފާނުގެ ހާދިސާގައި 400އަށްވުރެ ގިނަ ފަރާތްތަކުން ހާލުގައި ޖެހުނުކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް