ނަސަންދުރައިގެ މައްސަަލައިގައި ފިޔަވަޅު އަޅަނީ
މާލޭގައި ކުރިން ނަސަންދުރާ ހިންގި ބިމާއި އައިލޭންްޑް އޭވިއޭޝަންގެ އޮފީސް ހިންގި ހ.އޯކިޑް ލޮޖްގެ ބިން ބިޑްކުރުމާއި ނުލައި ފަންސާސް އަހަރަށް ކުއްޔަށް ދިން މައްސަލައިގައިި ފިޔަވަޅު އަޅާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު މިނިސްްޓްރީގެ ޕޮލިސީ ޓީމުން ބެލި ބެލުމުން އެ ޕްރޮޖެކްޓާއެކު ކުރިއަށް ނުދެވޭނެކަމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެކަމާާއި މެދު ފިޔަވަޅެއް އެޅުމުގެ ކުރިން ބަންޑާރަނާއިބުގެ ލަފައަކަށް އެދިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ނަސަންދުރާގެ ބިން ތަރައްގީ ކުރުމަށް އެމަނިކުފާނުގެ ޅިޔަނު އަލްމަރުހޫމް އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ އެންޕީއެޗް އިންވެސްޓްމެންޓާ ހަވާލުކޮށްފައި ވަނީ ފަންސާސް އަހަރުގެ މުއްދަތަކަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް