މަރުތަކާއި ބެހޭ ކޮމިޝަންގެ މެންބަރުން ކޮމެޓީއަށް ހާޒިރުކުރަން ފާހެއްނުވި!
މަރާލެވިފައިވާ މީހުންނާާއި ގެއްލިފައިވާާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުނުކުރަން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ އެފަރާތްތައް ހާޒިރުކުރުމަށް އެކަށީގެންވާ އަދަދެއްގެ ވޯޓު ނުލިބުމުންނެެވެ.
އެފަރާތްތައް ސަލާމަތީ ޚިދުމަަތްތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުކުރުމަށް ހުށައެޅީ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނެވެ. އެކަމަށް ތާއިދުކުރައްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. މިކަމަށް ކޮމެޓީގައި ވޯޓަށް އެހުމުން ވޯޓުދެއްވީ މި ދެބޭފުޅުން އެކަންޏެވެ.
މިރޭގެ ބައްދަލުވުން ފެށުނު އިރު ވަރަށް ބޮޑަށް ހޫނުވެގެންދިޔައެވެ. ސަބަބަކީ އެކޮމެޓީގައި ހިމެނިވަޑައި ނުގަންނަވާ ދެ މެންބަރުން ކަމުގައިވާ ނައިފަރު ދާއިރާާގެ މެންބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެ ކޮމެޓީގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި މެދު ނުރުހުން ފާޅުކުރައްވަން ފެއްޓެވުމުންނެވެ.
އެދެފަރާތަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހޫނުގަދަ ރައްދެއް ދެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް