އަދީބު އަނބުރާ ރާއްޖެއަށް ގެނެސް ދޫނިދޫއަށް!
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިޔާއިން ސިޔާސީ ހިމާޔަތް ހޯއްދަވަން ޓަގުބޯޓެއްގައި އެގައުމަށް ވަޑައިގަތުމުން، އަނބުރާ ރާއްޖެއަށް ގެނެސްފިއެވެ.
ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި ރޭގެ ވަގުތެއްގައި އަދީބު ވަނީ ފުުލުހުންގެ ބެލުމުގެ ދަށުން ރާއްޖެއަށް ގެނައުމަށްފަހު، ދޫނިދޫ ޖަލަށް ބަަދަލު ކުރެވިފައެވެ.
ޓަގު ބޯޓެއްގެ ފަޅުވެރިއެއްގެ ގޮތުގައި ވަގަށް އިންޑިއާއަށް އެތެރެވާން މަސައްކަތް ކުރަނިކޮށް އަހްމަދު އަދީބު ވަނީ އިންޑިއާއިން ހިފަހައްޓާފައެވެ. މިއާއެކު އަދީބް ގެ ލީގަލް ޓީމުން ވަނީ އަދީބް އިންޑިއާގެ ހިމާޔަތައް އެދޭކަން ހާމަކޮށްފައެވެ.
ގުއަރނިކާ އިންޓަރނޭޝަނަލް ޖަސްޓިސް ޗެމްބަރސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަދީބުގެ ހުރިހާ ހުކުމްތައް މިއަހަރުގެ ތެރޭގައި ކޯޓުން ބާތިލްކުރުމުން، އޭނާ މިނިވަންވެފައި ވަނިކޮށް ޕީޖީ އޮފީހުން އެ މައްސަލަތައް އިސްތިއުނާފު ކުރުމުން އޭނާ ގޭބަންދުގައި ހުންނަން ޖެހުނު ކަމަށެވެ.
އަދި އެއަށްފަހު ބޭސްފަރުވާ ހޯދުމަށް އަދީބު ލައްވައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ބައިނަލްއަގްވާމީ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ފާހަަގަކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އަދީބުގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވައި، އަދީބާއި އާއިލާއަށް ނުރައްކާވެ ނުކުރާ ކުށަކަށް އިއުތިރާފް ވާން ޖެހިދާނެފަދަ އެއްބަސްވުމެއްގައި ސޮއިކުރުވަން މަސައްކަތް ކުރުވިކަމަށް ވަނީ ބުނެފައެވެ.
މިގޮތަށް އަމަލުކޮށްފައިވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުންކަމަށް ވަނީ ބަޔާނުގައި ބުނެފައެވެ.
އެ ބަޔާނުގައި އިތުރަށް ހާާމަކޮށްފައިވާ ގޮތުގައި މިކަންކަމާއި ގުޅިގެން އަދީބު ވަނީ އިންޑިޔާގެ ހިމާޔަތަށް އެދިފައެވެ. މިހެންވުމުން، އިންޑިޔާގެ ފަރާތުން ބައިނަލްއަގްވާމީ އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށް، އދ.އަށް ހުށައަޅާފައިވާ އަދީބުގެ ރެފިއުޖީ އެޕްލިކޭޝަން ބަލައި ނުގަންނަނީސް ރާއްޖެއަށް އަނބުރާ ނުފޮނުވުމަށް ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް