ބ.އަތޮޅުގެ 3 ރަށެއްގެ ސިއްހީމަރުކަޒުތައް ހެދުމުގެ މަސައްކަތް ފެނަކައަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ބ.އަތޮޅުގެ 3 ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ސަރުކާރުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރައްވައިފިއެވެ.
ފެނަކައާ މަސައްކަތް ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހިތާދޫ، މާޅޮހުގެ އިތުރުން ދޮންފަނެވެ.
މި މަސައްކަތްތަކުގެ ތެރެއިން ހިތާދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތްކުރުމަށް ފެނަކައާ ހަވާލުކުރެއްވީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 33.7 މިލިޔަން ރުފިޔާގެ އަގަކަށެވެ.
ބ.މާޅޮހާއި ދޮންފަޅު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކާ ހަވާލުކޮށްފައިވަނީ 12.1 މިލިޔަން ރުފިޔާއަށެވެ. އެ ދެ ތަނުގެ މަސައްކަތްވެސް 545 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ސިއްހީމަރުކަޒުތަކުގެ އެއްބަސްވުމުގެ ދަށުން ޕްރޮސީޖަރ ރޫމް، ގަރާޖްގެ އިތުރުންވެސް ބައެއް ތަންތަން ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް