ބަސް ދަށުވެ މަރުވި އަންހެން މީހާގެ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްފި
މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަަމަ ދުވަހު، ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބަހެއްގެ ދަށުވެ މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު އޭނާގެ އާއިލާއާއި ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ އެ ޔޫކްރެއިން މީހާގެ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްފައިވާނެ ކަމަށާއި، އެ ހަށިގަނޑު އަނބުރާ ގެންދިއުމުގެ މަސައްކަތް އާއިލާއިން ކުރަމުން އަންނަ ކަމަށެވެ.
އެ މީހާގެ ހަށިގަނޑު ފޮނުވުމަށް ކުރަން ޖެހޭ ހަރަދާއި، އެހެނިހެން ހަރަދުތައް ބަލަހައްޓަމުންދާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގިއިރު، އެ އަންހެން މީހާއާއި އޭނާގެ ލޯބިވެރިޔާ އުޅުނީ މަގުމަތީގައި ހިނގާލަން ނުކުމެއެވެ.
އެވަގުތު ދުއްވާފައި އައި އެމްޓީީސީސީގެ ބަސް ކޮންޓްރޯލް ނުވެ، އެ ދެ މީހުންނާ ދިމާއަށް ދާން ފެށުމުން ދުއްވައިގަތް ވަގުތު މަގުގެ އެއް ފަޅީގައި ހަދާފައިވާ ހުރި ގާފޮޅެއްގައި ޔޫކްރެއިން މީހާގެ ފައި ތާށިވެ، އޭނާ ބަހުގެ ދަށުވީ ކަމަށް އޮންލައިން ނޫސް މިހާރުން ވަނީ ރިޕޯޓްކޮށްފައެވެ.
އެ މަގުގެ އެއް ފަޅީގައި އޮތް ވަލަށް ބަސް ވަދެގެން ދިޔައީ އެ މީހާގެ ގައިގެ މަތިން ދުއްވާފައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް