ރައީސް މައުމޫން އެޑްމިޓްކުރީ ނޭވާލާ ނިޒާމުގެ ޓެސްޓްތަކެއް ހަދަން: ނާދިރާ
ނޭވާލާ ނިޒާމުގެ ޓެސްޓްތަކެއް ހެދުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އައިޖީއެމްެއެޗްގައި އެޑްމިޓްކޮށްފިއެވެ.
''ވޮއިސް'' އަށް މައުލޫމާތުދެއްވަމުން އެމްއާރުއެމްގެ ނައިބު ރައީސާ ކަމަށްވާ، އާމިނާތު ނާދިރާ ވިދާޅުވީ، ރައީސް މައުމޫން އެޑްމިޓްކުރީ ރޭ ފަތިހު ކަމަށެެވެ.
އެމަނިކުފާނު އެޑްމިޓްކުރީ ނޭވާލާ ނިޒާމުގެ ޓެސްޓްތަކެއް ހެދުމަށް ކަމަށާއި ސިއްހީ ހާލުކޮޅު އެހާ ގޯސް ނޫން ކަމަށް ނާދިރާ ވިދާޅުވިއެވެ.
ރައީސް މައުމޫން އެޑްމިޓްކުރީ މިހާރު ފެތުރެމުންދާ ހުން ރޯގާ ޖެހި، އެކަން ދިގުލައިގެންދާތީ ޓެސްޓްތައް ހެދުމަށް ކަމަށް ނާދިރާ ވިދާޅުވިއެވެ. ނާދިރާ ވިދާޅުވީ، މައުމޫން އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.
ރޭފަތިހު ރައީސް މައުމޫން އެޑްމިޓްކުރި އިރު، އިއްޔެ އަކީ އެމަނިކުފާނުގެ 82 ވަނަ އުފަން ދުވަހެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް