ނޫސްވެރިކަމުގައި ރާއްޖެއަށް 22 ދަރަޖައިގެ ކުރިއެރުމެއް
ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ރިޕޯޓާސް ވިތައުޓް ބޯޑާސްއިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން 22 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފިއެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާ އިން އިއްޔެ ނެރުނު ޕްރެސް ފްރީޑަމް އިންޑެކްސްގައި ހިމެނޭ 180 ގައުމުގެ ތެރެއިން ރާއްޖެ އޮތީ 98 ވަނައިގައެވެ. މިއީ ފާއިތުވި އަހަރު ރާއްޖެ އޮތް 120 ވަނަ އާއި ބަލާއިރު 22 ދަރަޖައިގެ ކުރިއެރުމެކެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާއިން ބުނެފައިވާ ގޮތުގައި ސިޔާސީ ގޮތުން އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަަމަށް ބޮޑު ކުރިއެރުމެއް ވަނީ އައިސްފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވަނީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ހުރި ބައެއް ކަންތައް ބަދަލު ކުރައްވާފައެވެ.
އޭގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް އެކުލަވާލި އަބުރުގެ ގާނޫނު އުވާލެއްވުން ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް