ހަނިމާދޫގެ ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިދެއްވައިފި
ރހދ.ހަނިމާދޫގައި ގާއިމްކޮށްފައިވާ މިޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ރަސްމީކޮށް ހުޅުވައިފިއެވެ.
ހަނިމާދޫގައި ގާއިމްކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރު ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙެވެ.
މިއީ މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށް ގާއިމްކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރު ހުޅުއްވައި ދެއްވުމަށް ފަހު ރައީސް ސޯލިޙް ވަނީ އެތަނުން ލިބެން ހުރި ފަރުވާތަކާއި ވަސީލަތްތަކުގެ މައުލޫމާތު ބައްލަވާލައްވާފައެވެ.
މިއަދު ހަނިމާދޫގައި ހުޅުވި ރިހެބިލިޓޭޝަން ސެންޓަރަކީ ރައީސް ސޯލިޙްގެ ވެރިކަމުގައި ހުޅުވި މިފަދަ ދެވަނަ ސެންޓަރެވެ. މީގެ ކުރިން އައްޑޫގައި ވެސް ވަނީ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް