ރައީސް ޔާމީންގެ ދިފާއުގައި ހެކިބަސް ދެއްވުމަށް އަޒީމާ ދެކޮޅު ހައްދަަވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކޮޅަށް އުފުލިފައިވާ މަނީ ލޯންޑްރިންގްގެ ދައުވާގައި، އެމަނިކުފާނުގެ ދިފާއުގައި ހެކިބަސް ދެއްވުމަށް އެމްއެމްއޭގެ ކުރީގެ ގަވަރނަރ ޑރ. އަޒީމާ އާދަމް ދެކޮޅު ހައްދަވައިފިއެވެ.
މިކަން އަންގަވައި ޑރ.އަޒީމާ ވަނީ ކްރިމިނަލް ކޯޓަށް މިއަދު ސިޓީއެއް ފޮނުއްވާފައެވެ.
މި ސިޓީ ފޮނުވިކަން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވަނީ ހާމަކުރައްވާފައެވެ.
ސިޓީގައި އަޒީމާ ވިދާޅުވީ އެކަމަނާ މިވަގުތު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގައިކަމުން މިއަދު ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާ ވަގުތަށް ހާޒިރުވުމަށް އުޒުރުވެރިވެލައްވާ ކަމަށެވެ.
އަދި އަޒީމާގެ ފަރާތުން އަދާކުރެވޭނެ ހެކިބަހެއް އޮންނާނެކަމަށް ފެނިވަޑައި ނުގަންނަވާތީ މި މައްސަލައިގައި ހެކިބަސް ނުދެއްވާނެކަަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް