ޗައިނާ އާއި ޕާކިސްތާނުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުން... ފޮޓޯ: ޕާކިސްތާން ހާރިޖިއްޔާ
ޗައިނާ އާއި ޕާކިސްތާނުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުން... ފޮޓޯ: ޕާކިސްތާން ހާރިޖިއްޔާ
ހަބަރު 21 Aug 2025 | 10:56

ޕާކިސްތާނަށް ކުރި ވިއްސާރާގައި ލިބުނު ގެއްލުންތަކަށް ޗައިނާއިން އެހީވަނީ

ޕާކިސްތާނަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ލިބުނު ގެއްލުންތަކަށް ޗައިނާއިން އެހީތެރިކަން ދޭނޭކަމަށް އެޤައުމުގެ ހާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނާއި ޗައިނާ ދެ ޤައުމުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ޕާކިސްތާނަށް މިހާރު ވަޑައިގެން އުޅުއްވާ ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ވަނީ ޕާކިސްތާނަށް ކުރި ވިއްސާރައާ ގުޅިގެން އެހީތެރިކަން ދޭނޭކަން ހާމަކުރައްވާފައެވެ. އެގޮތުން ދެޤައުމުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުންތަކުގައި މިކަމާ ގުޅޭ މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޕާކިސްތާނުގެ މީޑިއާތަކާ ވާހަކަދައްކަވަމުން އެޤައުމުގެ ބޮޑުވަޒީރުގެ ނައިބު އިޝްހާގް ދާރ ވަނީ ވިއްސާރާގައި ގެއްލުން ލިބުނު ފަރާތްތަކަށް ޗައިނާ ސަރުކާރުގެ ފަރާތުން އިންސާނީ އެހީތެރިކަން ދޭނޭކަމުގެ ޔަގީންކަން ދީފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރިއަށްމިއޮތް ދުވަސްތަކުގައި ޗައިނާގެ އެހީގެ ޓީމުތަކުން ޕާކިސްތާނަށް އަންނާނޭކަމަށް ބޮޑުވަޒީރުގެ ނައިބު ފާހަގަކުރެއްވިއެވެ.

ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ޗައިނާގެ ހާރިޖީ ވަޒީރު ވަނީ، ޕާކިސްތާނާ ޗައިނާ އާ ދެޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގާއިމްކޮށްފައިވާ އެއްބަސްވުންތައް ދެމެހެއްޓުމުގެ މުހިއްމުކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ސަރަހައްދީ ސުލްހައަށް ޕާކިސްތާނާ އިންޑިއާގެ ގުޅުން ބަދަހިވެގެންދިއުން ވަރަށް މުހިއްމުކަމަށް ވާންގް ވަނީ ފާހަގަކުރައްވާފަެވެ.

ޕާކިސްތާނާ ޗައިނާ އާ ދެޤައުމުގެ ދެމެދުގައި މި ފަހަކަށް އައިސް ގިނަ އެއްބަސްވުންތަކެއް ޤާއިމްކުރަމުންދާއިރު، މީގެ ތެރޭގައި އަސްކަރީގޮތުން ގާއިމްކޮށްފައިވާ އެއްބަސްވުންތައް ފާހަގަކޮށްލެވެއެވެ. ޗައިނާއިން ޕާކިސްތާނަށް ހަނގުރާމައިގެ އެކި އާލާތްތައް ހަދިޔާކޮށްފައިވައިރު، މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އެޤައުމުން ދިން ޖެޓްތަކެވެ.

ޕާކިސްތާނަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި އެޤައުމުގެ ވަރަށްގިނަ އަވަށްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވާރޭވެހި ކޯރުތައް ބަންޑުންވެ، ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތަކުގައި މިހާތަނަށް 400 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މޫސުމީ ވިއްސާރައިގެ އަސަރު މިހާރުވަނީ އެޤައުމުގެ އެނމްެބޮޑު އަވަށްކަމަށްވާ ކަރާޗިއަށްވެސް ކުރަން ފަށާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...