އަދީބުގެ ބަލިހާލަތު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ޖަލުބަންދުގައި ހުންނަވަނިކޮށް، ސިއްހީ ހާލުކޮޅު ގޯސްވެ އަނެއްކާވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފިއެވެ.
މިރޭގެ ވަގުތެއްގައި އަދީބު ފުލުހުންނާއި ކަރެކްޝަންސްގެ އެހީގައި އައިޖީއެމްއެޗްއަށް ގެނެސް އެނދުމަތި ކުރެވުނު އިރު، އޭނާއަށް ފަރުވާދެމުންދަނީ އިމަރޖެންސީގައިކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.
މިދިޔަ ހަފްތާގައި ގޭބަންދުގަައި ހުއްޓާ އަދީބުވަނީ އަނބުރާ ޖަލަށް ގެންދެވިފައެވެ. އަދީބު ޖަލަށް ގެންދެވުނީ ޑޮކްޓަރުންގެ ލަފަޔާއި ދެކޮޅަށްކަމަށް އަދީބުގެ އާއިލާއާއި އެބޭފުޅާގެ ޕާޓީ އެމްޓީޑީން ވަނީ ބުނެފައެވެ.
ނަމަވެސް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ އަދީބު ގޭގައި ހުރުމުގެ ހުއްދަ ދީފައިވާނީ ދެމަސްދުވަހަށް ކަމަށާއި އެ މުއްދަތު އިތުރުކުރުމަށް ޑޮކްޓަރުން ލަފާދީފައިނުވާ ކަމަށެވެ.
ވޮއިސްއަށް އެނގިފައިވާ ގޮތުގައި ޖަލުން އަދީބުއަށް ބޭސްދިނުމުގައި ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. އެގޮތުން ގޭ ބަންދުން ޖަލަށް ބަދަލު ކުރުމަށްފަހު އަދީބްއާއި ބޭސްތައް ހަވާލު ކުރެވުނީ 48 ގަޑި އިރު ފަހުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް