ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓަރު އެރްދެމް އަތާސް
ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓަރު އެރްދެމް އަތާސް
ވިޔަފާރި 27 Jun 2024 | 07:20

ރާއްޖެއަށް އިގްތިސާދީ އުދަނގޫ ހާލަތާ ކުރިމަތިލާން ޖެހުނީ މިދިޔަ 10 އަހަރު ގެންގުޅުނު ސިޔާސަތުތަކުން: އެރްދެމް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އުދަނގޫ ހާލަތާ ކުރިމަތިލާން ޖެހުނީ މިދިޔަ 10 އަހަރު ތެރޭގައި ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ އިކޮނޮމިސްޓް އަދި ރެޒިޑެންޓް ކޯޑިނޭޓަރު އެރްދެމް އަތާސް ވިދާޅުވެއްޖެ އެވެ.

އެރްދެމް މިހެން ވިދާޅުވެފައިވަނީ ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދީފައިވާ "ބީ މައިނަސް"ގެ ރޭޓިން "ސީސީސީ ޕްލަސް"އަށް ދަށްކޮށްފައި ވުމާއި ގުޅިގެން އެކސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، އެރްދެމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ނާޒުކު ހާލަތަކީ މިދިޔަ 10 އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ދަރަނި އުފެއްދުމުގެ އިތުރުން އެ 10 އަހަރު ތެރޭގައި މެދުނުކެނޑި ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވާން ދޫކޮށްލުމުން ދިމާވި ހާލަތެއް ކަމަށެވެ.

އަދި އިގްތިސާދީ ކުރިއެރުމާއި އިތުރު މާލީ އެހީތަކެއް ރާއްޖެއަށް ދިން ނަމަވެސް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އިގްތިސާދީ ދަތިތަކުން އަރައިގަނެ، ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަކުރުމަށް އެންމެ މުހިއްމީ ހަރަދު ކުޑަކުރުން. އެކަން ކޮށްފިނަމަ، އެމްއެމްއޭގެ ރިޒާވަށް އެކަމުން އެހީތެރިކަމެއް ވެދެވޭނެ. އަދި މެދު ރާސްތާއެއްގައި ދަރަނީގެ ހާލަތު ރަނގަޅު ކުރުމަށްވެސް އެހީތެރިވެދޭނެ،"

މިއާއެކު އެރްދެމް ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގެންނަން ޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.

އެރްދެމް މިހެން ވިދާޅުވެފައިވާއިރު، ފިނޭންސް މިނިސްޓްރީން މިހާރު ވަނީ 2028 ވަނަ އަހަރާ ހަމައަށް އާމްދަނީ އިތުރު ކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ސްޓްރެޓެޖީއެއްއާންމުކޮށްފައެވެ. އޭގެ ތެރޭގައި ޖީއެސްޓީ ނެގުން ފުޅާކޮށް، އިމްޕޯޓް ޑިއުޓީ އާއި ޓެލެކޮމް ރޭޓަށް ބަދަލުތައް ގެނައުން ހިމަނައިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި
10 Oct 2026 ހަބަރު

ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

ދައުލަތުގެ ބަޖެޓުން އަހަރުގެ މިހާތަނަށް ލޯނު އަދާކުރުމަށް ރެކޯޑް އަދަދެއް ހޭދަވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފިނޭންސުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރ...

ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
08 Oct 2026 ހަބަރު

ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި

ދަރަނިތައް ދެއްކުމަށް ދިވެހި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ގައުމުގެ މާލީ ގޮންޖެހުންތަކަށް އޮތް ރިސްކު ކުޑަވުމާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީޒް" އިން ދިވެހިރާއްޖ...

މިދިޔަ އަހަރަށްވުރެ މިއަހަރު، އާމްދަނީ ލިބޭ ދާއިރާތަކުގެ ކުރިއެރުން ރަނގަޅު: ފިނޭންސް
03 Oct 2026 ހަބަރު

މިދިޔަ އަހަރަށްވުރެ މިއަހަރު، އާމްދަނީ ލިބޭ ދާއިރާތަކުގެ ކުރިއެރުން ރަނގަޅު: ފިނޭންސް

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީ ލިބޭ އެކިއެކި ދައިރާތަކުގެ ކުރިއެރުން ރަނގަޅުވެފައިވާކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ. ދައުލަތުގެ ހަރަދުބަރަދު ހުރިނެތްގޮތާ ގުޅޭގޮ...

ރަސްމާލެ މަޝްރޫޢު އިން ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ: ޒަރީރު
30 Sep 2026 ހަބަރު

ރަސްމާލެ މަޝްރޫޢު އިން ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ: ޒަރީރު

ރަސްމާލެ ވޯޓާފްރޮންޓް މެރީނާ މަޝްރޫޢުގެ 10 އަހަރުގެ ތަރައްޤީގެ މުއްދަތުގައި ދައުލަތަށް 11 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒ...

އޯޕެކް ފަންޑުން ކުއްލި އެހީގެ ކްރެޑިޓް ފެސިލިޓީއެއް ހޯދަން މަޝްވަރާކޮށްފި
29 Sep 2026 ހަބަރު

އޯޕެކް ފަންޑުން ކުއްލި އެހީގެ ކްރެޑިޓް ފެސިލިޓީއެއް ހޯދަން މަޝްވަރާކޮށްފި

ކުއްލި ހާލަތްތަކުގައި ބޭނުންކުރެވޭނެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް  އޯޕެކް ފަންޑުން ހޯދުމަށް މަޝްވަރާކޮށްފިއެވެ. ދޯހާގައި ކުރިއަށްދާ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައި...

ހުޅުމާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ، 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
23 Sep 2026 ހަބަރު

ހުޅުމާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ، 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބ...