މަޚުލޫފް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ހޫނުފެނަށް!
ހދ.ވައިކަރަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހުސައިން ޒިޔާދު، ފިއްޓޭގެ ކެމްޕެއިން ހަރަކާތެއްގައި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ފައިސާ ނެގިކަމުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިވާ ޔޫތް މިނިސްޓަރ އަހުމަދު މަޚުލޫފް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން އެބޭފުޅާ ހޫނުފެނަށް ވެއްޓިއްޖެއެވެ.
ފިއްޓޭގެ ކެމްޕެއިން ބައްދަލުވުމެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުން މަޚުލޫފް ވިދާޅުވީ، ފިއްޓޭ އިންތިޚާބުވުން ރަށަށް ކަންކަންވާނެކަމަށެވެ. އެގޮތުން ރަށުގެ ފުޓްބޯޅަ ދަނޑާއި ނަރުދަމާގެ މަސައްކަތް ފިއްޓޭ ހޮވުމުން ވާނެކަމަށް މަޚުލޫފް ވިދާޅުވިއެވެ.
އަދި މަޚުލޫފް ވިދާޅުވީ އެމްޑީޕީގެ ރައީސަކު ހުއްޓާ، އެމްޑީޕީގެ ކެނޑިޑޭޓެއްގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން އެހެން އެއްވެސް ޕާޓީއެއްގެ އެއްވެސް މީހަކަށް ނުވާނެކަމަށެވެ.
I respect Minister @AhmedMahloof personally. But I never expected a speech like this, during an election campaign. I believe you know the laws better than all of us. There are things you shouldn't talk about in platforms like this. May be you assumed that this won't be recorded. pic.twitter.com/FFOLxwggwn
— Azra Naxeef (@AzraNaxeef) March 30, 2019
މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަބަޔަކު ދަނީ މަޚުލޫފަށް ފާޑުކިޔަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުންވެސް ތަރައްގީގެ ވާހަކަ ދައްކައިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރިކަމަށާއި އެކަން މަޚުލޫފް ކުރައްވާތީ ހިތާމަކުރައްވާ ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.
Dear @AhmedMahloof if this is true, this is very very wrong.
— Nazeef (@mnazeef) March 30, 2019
Majlis ah memberun inthihaabu kuranee tharaqee ge mashroou hingaakah noon.
Council thakaai gulhigen, Tharaqee ge plan aai ehgothah rah thakuga Tharaqee ge mashroou thah hingumakee sarukaarun kuran laazim kameh. https://t.co/P3JwncfM2d
އަދި މަގާމުގެ ސަސްޕެންޝަނެއްގައި ހުންނަވަނިކޮށް ކެމްޕެއިން އިވެންޓްތަކުގައި ބައިވެރިވެ ވަޑައިގެން މަޚުލޫފަށް ވައުދުތައް ވެވޭނެތޯވެސް ދަނީ ސުވާލުއުފައްދަމުންނެވެ.
Olhuvaalaafa eh nei, ey kaley dhekki vaahaka. Dollar vagu suspend kureema mihaaru rishwathu ves bahanfeshee tha? ACC in mi vagu kaleyge huttuvaa
— Hailam (@IsmailHailam) March 30, 2019
މިކަމަށް ރައްދު ދެއްވަމުން މަޚުލޫފް ވިދާޅުވީ އެއީ އެޑިޓްކޮށްގެން ފަތުރަމުން ގެންދާ ވީޑިޔޯއެއް ކަމަށާއި، މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ފަހަތުގައި ތިބި ކުދިން، ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް އެކަމެއް ނުވާނެކަމަަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް