ހުޅުމާލޭގައި ދެ އެކްސިޑެންޓެއް: ދެ އަންހެނަކާއި ދެ ފިރިހެނަކަށް އަނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލޭގައި ދެ އެކްސިޑެންޓެއް ހިނގާ ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
އެއް އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 2، ރީތިގަސްމަގުގައި ތިން ސައިކަލު ޖެހިގެންނެވެ. ފުލުހުން ބުނީ މިއަދު 3:50 ހާއިރު ހިނގި އެކްސިޑެންޓްގައި ދިވެހި އަންހެނަކަށާއި ފިރިހެނަކަށް ވަނީ އަނިޔާ ވެފަ އެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވެ އެވެ.
މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލް ޓޯވ ކޮށް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ދެވަނަ އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 1، މިދިލިމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި އެވެ. އެކްސިޑެންޓް ރިޕޯޓް ލިބުނީ 4:42 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެފ އެވެ.
މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދިވެހި ފިރިހެނަކަށާއި އަންހެނަކަށް އަނިޔާ ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް