ރައީސް މުޢިއްޒު ފަލަސްތީނުގެ ރައީސާއި ބޮޑު ވަޒީރަށް މަރުހަބާ ވިދާޅުވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ފަލަސްތީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްތީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއަށާއި، ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ވަކިވަކިން ދެ ބޭފުޅުންނަށް ފޮނުއްވި މެސެޖުގައި، ރައީސް ޑރ. މުޢިއްޒު ވަނީ އަނިޔާވެރިކަމާއި އިންސާފުވެރިނޫން ޢަމަލުތަކާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ދައްކަމުންދާ ކެތްތެރިކަމާއި ހިތްވަރަށް ތަޢުރީފް ކުރައްވާފައެވެ.
އަދި ފަލަސްތީނަށް ދިވެހިރާއްޖެއިން ދެމުންދާ ދެމެހެއްޓެނިވި އެހީތެރިކަމާއި އެއްބާރުލުން ތަކުރާރު ކުރައްވައި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޖެރޫސަލަމަކީ ވެރިރަށްކަމުގައި ބަލައިގެން، މިނިވަން އަދި މުސްތަޤިއްލު ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިހުންނާނެކަން ކަށަވަރުކޮށްދެއްވާފައިވެއެވެ.
މެސެޖު ނިންމަވާލައްވަމުން، ރައީސް ޑރ. މުޢިއްޒު ވަނީ ރައީސް ޑރ. މަޙްމޫދު އާއި ބޮޑުވަޒީރު މުސްޠަފާއަށް، އަދި ފަލަސްތީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްޙައާއި ކުރިއެރުން އެދި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް