ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ނަން ބަދަލުކޮށްފި
ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ނަން ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދޭގޮތުގައި އެ މަރުކަޒުގެ އާ ނަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒެެވެ.
ގުރުއާނާއި ބެހޭ މަރުކަޒު ހިންގަމުންދަނީ އިސްލާމިކް މިނިސްޓްރީންނެވެ.
މި މަރުކަޒުން ދަނީ ގުރުއާންގެ އިލްމު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުބާރާތްތައް ބާާއްވައި، އެކި އުމުރުފުރާތަކަށް ތަފާތު ކޯސްތައްވެސް ހިންގައިދެމުން ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް