ނަޝީދާއި ސާލިހް، އެމްޑީޕީގެ ނާކާމިޔާބުގެ ޒިންމާ އުފުއްލަވަންޖެހޭނެ
ނަޝީދާއި ސާލިހް، އެމްޑީޕީގެ ނާކާމިޔާބުގެ ޒިންމާ އުފުއްލަވަންޖެހޭނެ
ރިޕޯޓް 22 Apr 2024 | 06:08

އަސްލުވެސް އެމްޑީޕީ ރޫޅުނީތަ ނޫނީ ރޫޅާލީތަ؟

އިއްޔެ ނިމިގެންދިޔަ ރައްޔިތުންގެ ވިހިވަނަ މަޖިލީހަށް މެންބަރުން ހޮވި އިންތިޚާބުގައި އެމްޑީޕީއަށް ލިބިގެންދިޔަ ބޮޑު ނާކާމިޔާބަށްފަހު އެޕާޓީއަށް ތާއީދުކުރާ މީހުންގެ ތެރޭގައި ހޫނުގަދަ ބަހުސެއް ދަނީ ހިނގަމުންނެވެ. ބޮޑަށް މިބަހުސް ހިގަމުންދަނީ ސޯޝަލް މީޑިއާގެތެރޭގައެވެ.

އިންތިޚާބުން ނާކާމިޔާބަށްފަހު ޕާޓީއަށް ވޯޓްދިން ރައްޔިތުންނަށް ޝުކުރުއަދާކޮށް އަދި އިންތިޚާބު ކާމިޔާބުކުރި ޕީއެންސީއަށް މަރުހަބާ ކިޔައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނާނެކަމަށް ވިދާޅުވެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓަކަށްފަހު ޕާޓީގެތެރޭގައި އޮތް ޖަޒުބާތު ފަޅައިގެންދިޔައެވެ.

ގިނަ މީހުން ތުހުމަތުގެ އިނގިލި ދިއްކުރަނީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި ފައްޔާޒަށެވެ.

މަޖިލިސް 2024 އެމްޑީޕީ ކެންޕެއިން ރެލީގެ ތެރެއިން--ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިޚާބުގައި ޕާޓީގެ ރިޔާސީ ޓިކެޓާއިމެދު ރައީސް މުހައްމަދު ނަޝީދާއި ރައީސް ސާލިހާއި ދެމެދު އުފެދުނު ވާދަވެރިކަމުގައި ޕާޓީދޫކުރައްވައި ނުކުންނަވައި އެމްޑީޕީ ރޫޅާލައްވާނެކަމަށް މުޙައްމަދު ނަޝީދު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ޕާޓީރޫޅައިލީކަމަށް ގިނަ މީހުން ބުނެއެވެ. ހުރިހައި އިލްޒާމެއް އަޅުވަނީ ސާލިހާއި ފައްޔާޒުގެ އިސްތަށިފުޅުގައެވެ.

އަނެއް ބަޔަކު ބުނަނީ އެމްޑީޕިއަނުން ގަބޫލުކުރި އަސާސްތައް ޕާޓީގެ ވެރިންނަށް ތިއްބެވި ބޭފުޅުން ދޫކޮށްލައްވައި ދިވެހި ގައުމުގެ މަމްޗަށް އެހެން ގައުމުތަކުގެ މަސްލަހަތު އިސްކޮށް ޕާޓީގެ ލީޑަރުން މުހައްމަދު ނަޝީދާއި ސާލިހްވެސް ހިމެނޭގޮތުން ގެންގުޅުއްވި އަންޑިމޮކްރެޓިކް ޚުދުމުޚްތާރު އަދި ކޮރަޕްޓް ސިޔާސަތުތަކަށް ރައްޔިތުން ފޫހިވެ ދުރައްދިޔައީކަމަށެވެ.

މަޖިލިސް 2024 އެމްޑީޕީ ކެންޕެއިން ރެލީގެ ތެރެއިން--

މުހައްމަދު ނަޝީދުގެ ސަރުކާރު ތިން އަހަރުވީތަނާ ބަޣާވާތަކުން ގެނެސް ވައްޓާލުމުން އެޕާޓީން ރައްޔިތުންނަށް ގެނެސްދޭން އުޅުނު ތަރައްގީގެ އަނެއް ދިވެހިރާއްޖެއަށް ނުގެންދެވުނީކަމަށް ކިޔަމުންދިޔަ ލަވަތަކުގެ ޅެންވެރިކަމާއި މިޔުޒިކާއި ރާގު ރީތިކަމުން އަނެއްކާވެސް ރައއްޔިތުން އެކަން ޓެސްޓްކޮށްލުމަށް އެޕާޓީއަށް އިމެއް ނެތް ބާރުދީގެން ނިމިގެންދިޔަ ފަސްއަހަރު ނުކުތް ނަތީޖާއަކީ ކޮބައިތޯ ހިތާހިތާ ސުވާލުނުކުރާ އެޕާޓީގެ މެންބަރަކު ނުހުންނާނެއެވެ. ނިމިދިޔަ ފަސްއަހަރަށްވުރެ ވަކަ ބަރަވެލި ދުވެލީގައި ރާއްޖެ ހިންގަމުންދިޔަ ސަރުކާރެއް އެމީހުން ނުދެކެއެވެ.

މަޖިލިސް 2024 އެމްޑީޕީ ކެންޕެއިން ރެލީގެ ތެރެއިން--ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ އާއްމު މެންބަރަކު ބުނީ އެޕާޓީގެ ދެވަނަ ރިޔާސި ދައުރު ފެށުމާއި ހަމައަށް ރާއްޖެ ޓީވީ ނޫން އެހެން އެއްވެސް ޓީވީސްޓޭޝަނަކުން ދައްކާ ވާހަކައެއް ގަބޫލުނުކުރެވި ތިއްބައި ވެރިކަން ބަދަލުވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެތެރެއިން ޕާޓީގެ ލީޑަރުން ދައްކަވަން ފެއްޓެވި ހުތުރުނަމޫނާއިން އެމީހުންގެ މޫނުމަތީގައި އެޅިފައި އޮތް ނިގާބު ނެގި، މުޅިން މާޔޫސްވެ ޕާޓީ ފިކުރާއި ދުރުވާންޖެހުނީކަމަށެވެ.

ޕާޓީގެ މެންބަރުންނަށް ހޭލެވެން ފެށުނީ ރައްޔިތުންގެ މަޖިލީހުގެތެރޭގައި ސާލިހާއި ނަޝީދުގެ ވާދަވެރިކަން ފެށި އެއްބަޔަކު އަނެއް ބަޔެއްގެ ފަތިފުއްހުޅުވައި ބޭޒާރުކުރަމުންދާން ފެށުމުންނެވެ. އެ އަރާރުމުގެތެރޭގައި ހަލުވިކަމާއެކު ޕާޓީއަށް އިރުއޮއްސެމުންދިޔައިރުވެސް ދެބޭފުޅުން ކުރެ ބޭފުޅަކަށް ހަމަހޭވެރިކަމެއް ނުވިއެވެ.

އެމްޑީޕީގެ ރަންޒަމާނުގެތެރެއިން

ނަޝީދާއި ސާލިހް ދެން ދައްކާނީ ކޮންމޫނެއް

އިންތިޚާބުގައި ރައްޔިތުން އެބުނެދިނީ އެދެބޭފުޅުންނަކީވެސް ސިޔާސީ އޯލްޑް ޖީލު، މައުމޫނާއި ޤާސިމް އިބްރާހީމްފަދައިން މިހާރު އޮއްސިފައިވާ ދެބޭފުޅުން ކަމަށެވެ.

ދެބޭފުޅުން ފައިބައިގެންދިޔައީ ޕާޓީގެތެރޭގައި ފިޔަޖަހަމުންދިޔަ ޒުވާން މޫނުތައްވެސް ހަލާކުކޮށްލާފައެވެ. އެހެންކަމުން އިދިކޮޅު އެމްޑީޕީ ކޮޅަށް ޖަހަންޏާ ޕާޓީގެތެރެއިން އާ މޫނުތަކެއް ފާޅުވާންޖެހެއެވެ. އެމްޑީޕީގެ ރަންޒަމާން އަލުން ގެނައުމަށް މުޙައްމަދު ނަޝީދު ކިތަންމެ އުއްމީދެއް ކުރެއްވި ނަމަވެސް ކިތަންމެ ރޭވުންތަކެއް ރާއްވަވައި ހިތްވަރުފުޅެއް ކުރެއްވިނަމަވެސް އެމަނިކުފާނުގެ ޖާދޫއެއްގައި ދެން މީހުން ޖެހޭނެކަމަށް ދެކެވަޑައިގަތުމަކީ ހުވަފެނީ ދުނިޔެއެއްގައި ހުންނެވުމެވެ.

އެމަނިކުފާނަށް ފިކުރެއްގެ ދިރުން ނުދިރުވުނެވެ. އެފިކުރަށް ރައްޔިތުން ދެއްކީ ޒީރޯ ޓޮލަރެންސެވެ. ޝާހިދުތޯއެވެ. ޕާޓީގެތެރޭގައި ޝާހިދަށް ނިސްބަތްކުރެވެނީ އެމްޑީޕީއަށްނުވިހާ ދަރިއެއްގެ ގޮތުގައެވެ. ޕާޓީގެތެރެއަށް ވެރިވެގަތް ޑީއާރްޕީގެ " ބައިގަނޑު" ނިސްބަތްކުރެވެނީ ޝާހިދާއެކު އެމްޑީޕީއަށް ވަތް ބޭފުޅުންނަށެވެ.

ކޮންމެ އަކަސް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް މިއަދު ޖެހިފައިވާ ހާލަކީ އަންނި ޕާޓީ ރޫޅާލާނަމޭ ވިދާޅުވެފައިވާ ގޮތަށް ރޫޅާލެއްވުން ކަމުގައި ވިޔަސް ނުވަތަ ސާލިހަކީ އެހެން ގައުމެއްގެ ގޮނޑިކޮއްކޮ ސަރުކާރެއް ހިންގަމުންދިޔަ ރައްޔިތުންނާއިގެން ފިނިހަކަ ދުވެލީގައި ވަޑައިގެންނެވުމުން އަމިއްލައަށް ޕާޓީ ރޫޅިގެންދިޔުންކަމުގައި ވިޔަސް މިއީ އެޕާޓީއަށް ވަރަށް ހައްސާސް ވަގުތެކެވެ.

މިއީ ޑީއާރްޕީއާއި ޕީޕީއެމަށް ޖެހުނު ހާލަށްވުރެ ބޮޑު ނިކަމެތި ކަމެކެވެ. މިހާލުގެތެރެއަށް އެމްޑީޕީ ވައްޓައިލުމުގެ ޒިންމާ ރައީސް ނަޝީދާއި ރައީސް ސާލިހް ފުރިހަމައަށް ނަގަންޖެހޭކަމަށް ގަބޫލު ނުކުރާ މީހަކު އެޕާޓީގައި މިއަދަކު ނެތެވެ.

އެޒިންމާ ނުނަންގަވައި އެދެބޭފުޅުން ތިއްބަވައިގެން ޕާޓީކޮޅަށް ޖަހަން ކުރިއަށް އޮތް ދުވަސްތަކުގައި ދައްކާނީ ކޮން މޫނެއްތޯއެވެ. ދައްކާނީ ކޮން ބަހަނާއެއްތޯއެވެ. ފޮޅުވާނީ ކޮން ބޯޅަކިންކިރި މަލެއްތޯއެވެ. މިއިންތިޚާބުގައި އެޕާޓީން ނެގި ކެމްޕެއިން މޮޓޯއަކީ ރާއްޖެ ހަމަ މަގަށް އެޅުވުންކަމުގައި ވިޔަސް ރައްޔިތުންބުނީ ހަމަމަގުން ކައްސާލާފައި އޮތީ އެޕާޓީކަމަށެވެ.

ކެމްޕެއިންތެރޭގައި ނަޝީދުވިދާޅުވިގޮތަށް މާލޭ ރައްޔިތުންގެ ނަމުގައި ބެހި ގޯތިތަކަކީ ޕާޓީން ހެދި ސިހުރެއްކަމަށްވަންޏާ އެސިހުރު ބާތިލުކުރަން ފަންޑިތައެއް ހަދައިދޭނީ ފަހެ ކާކުހެއްޔެވެ.

ރައީސް ވަހީދުގެ ސަރުކާރު ވައްޓާލަން ކާޅުކޮށިކޮއްޓަށްލައި މާލޭގެ މަގުތަކުގައި ދުންބުރުވައި ރަތްހާލު ކަތިލައި އޭގެ ލޭ ކަނޑަށްއަޅައި ހެދިގޮތަށް މިހާރު ދެން މީހުންނަށް އެވަޖިދު އައިސްގެން މާލޭގެ މަގުތަކުން ބެރުދުންމާރި ތާޅަފިލީގައި މީހެއްގެ ވަށައިގެން ނަށަމުން ނުކުމެދާނެކަމަކަށް ނުބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
11 Oct 2026 ހަބަރު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދ...

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
10 Oct 2026 ހަބަރު

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނޮވެމްބަރު 27 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ގައުމީ މަޖިލީހުގެ އިންތިހާބާއި އެ ނޫން ވެސް ބައެއް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފ...

ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
09 Oct 2026 ރިޕޯޓް

ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟

އިއްޔެ ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައ...

ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ރައީސް ނަޝީދު
09 Oct 2026 ހަބަރު

ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ ...

ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
08 Oct 2026 ހަބަރު

ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި

ސަގަރމަންތަން, ދަ ގްރޭޓް އޯޝަންސް ޑައިލޮގްގެ 3 ވަނަ އެޑިޝަންގައި ބައިވެރިވެވައިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ...

އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބު އަންނަ މަހު 27 ގައި؛ ޓައިމްލައިން އާންމުކޮށްފި
08 Oct 2026 ހަބަރު

އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބު އަންނަ މަހު 27 ގައި؛ ޓައިމްލައިން އާންމުކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ ނޮވެމްބަރު މަހުގެ 27 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަން އިއުލާންކޮށް ގައުމީ މަޖިލިސް އިންތިހާބުގެ ޓައިމްލައިން މިއަދު އާންމުކޮށްފި އެވެ. އެ ތާވ...